ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުއްޓަށް ދަތުރުކުރާ ބޭފުޅުން ހޯމް ކަރަންޓީން ހުއްދައަށް އެދުމުގެ އުސޫލަށް ބަދަލުގެނައުމާ ގުޅޭ

  ކޮވިޑް19  ރޯގާއާ ގުޅިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރައްވާނަމަ ހޯމް ކަރަންޓީންވުމަށް ހުއްދަ ހޯދަން މިކައުންސިލަށް އެދުމުގެ އުސޫލަށް ވަނީ ބަދަލު ގެނެވިފައެވެ. 02 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން ދަތުރުކުރުމުގެ ހުއްދައަށް އެދޭއިރު ދަތުރުކުރަން ބޭނުންވާ ތާރީހްގެ ރަސްމީ 03 ދުވަސް ކުރިން ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ރަޖިސްޓަރ ވުމަށް ދަންނަވަމެވެ. ކަރަންޓީން ވުމަށް އެދޭ ގެ ޗެކް ކުރުމާއި ގުޅުންހުރި ލިޔެކިޔުން ތައްޔާރު ކުރުމަށް އެކަށީގެންވާ ވަގުތު މި އިދާރާއަށް ދިނުމަށް މި ފުރުޞަތުގައި އިލްތިމާސް ކުރަމެވެ. މިގޮތަށް އުސޫލު ބަދަލުކުރެވިފައި ވަނީ ހުއްދަ ދޫކުރުމުގައި ހުރިހާ ރައްޔިތުންނަށްވެސް އެއް ދުވެއްޔެއްގައި ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ އިތުރުން ދުވަހުން ދުވަހަށް ހުއްދަތައް ދޫކުރުމުގައި އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން އިންތިހާއަށް ދަތިތައް ކުރިމަތިވަމުން ދާތީއެވެ. ހުއްދަ ހޯދުމުގެ މަރުހަލާ އަވަސްކުރުމަށް، ހުރިހާ ގުޅުން ހުރި ލިޔުންތައް ހަމަކުރެއްވުމަށްފަހު 9531312 އަށް ވައިބަރ ނުވަތަ [email protected]  އަށް ދުރާލާ އީ-މެއިލް ކުރުމަށް މިފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.  

           މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

02 ނޮވެންބަރު 2020
ހޯދާ