ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ތާރީޚް
|
2 ނޮވެންބަރު 2020 |
|
ނަންބަރު |
IUL)168-CA/1/2020/17) |
||
ރިސަރޗް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓް |
|||
މަޤާމު: |
ޑިރެކްޓަރ |
||
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ |
||
މުސާރައާއި ޢިނާޔަތްތައް: |
- މުސާރަ: މަހަކު 13650 ރުފިޔާ - ލިވިންގ އެލަވަންސް: މަހަކު 3000 ރުފިޔާ - ސާރވިސް އެލަވަންސް: މަހަކު 3500 ރުފިޔާ - ފޯނު އެލަވަންސް: މަހަކު 500 ރުފިޔާ މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ރަސްމީ ގަޑި |
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް |
||
ޝަރުޠު: |
|
||
މަޤާމުގެ މަސްއޫލިއްޔަތު |
1- ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ދިރާސާތައް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގައި، އެ ދިރާސާތަކުގެ ރިޕޯޓުތައް އެކުލަވާލައި އަދި އެ ރިޕޯޓުތައް ޢާއްމުކުރުމުގެ ގޮތުން ޑިޕާޓްމަންޓުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުން 2- ދިރާސާކުރުމުގެ ތެރޭގައި ކަމާގުޅުންހުރި ލިޔެކިޔުންތައް މުޠާލިޢާކުރުމާއި، މަޢުލޫމާތު ހޯދުމުގެ ގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ އެކަން ކުރުމާއި، ރިޕޯޓުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔުމާއި، ރިޕޯޓުތައް ކޮމިޝަނުން ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން 3- ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ދިރާސާތަކުގެ ތެރެއިން ކަމާބެހޭ މާހިރުންގެ ފަރާތުން މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ ކަމާބެހޭ މާހިރުންނާ އެކު އެއަތޮޅުތަކަށް ޒިޔާރަތްކުރުމާއި، އެ ޒިޔާރަތްތަކުގެ އިންތިޒާމް ހަމަޖެއްސުމާއި، ކަމާބެހޭ މާހިރުން ދިރާސާގެ ރިޕޯޓުތައް ފޮނުވުމުން ކޮމިޝަނުގެ ފަރާތުން އެ ރިޕޯޓުތަކަށް ކޮމެންޓްކުރުމާއި، ކޮމިޝަނުން ރިޕޯޓުތައް ފާސްކުރުމަށާއި ރިޕޯޓުތައް ޢާއްމުކުރުމުގެ ގޮތުން ޑިޕާޓްމަންޓުން ކުރަންޖެހޭ ކަންތައްތައް ކުރުން. އެގޮތުން ކަމާބެހޭ މާހިރުން ލައްވާ ކުރުވާ ދިރާސާތަކުގައި އެ މާހިރުންނަކީ ރާއްޖެއިންބޭރުގެ މާހިރެއްނަމަ ކަމާގުޅުންހުރި ލިޔުންތައް މުޠާލިޢާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެއްވެސް ލިޔެކިޔުމެއް ތަރުޖަމާކުރަންޖެހޭނަމަ އެ ލިޔުންތައް ތަރުޖަމާކުރާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދީ އެ މުވައްޒަފުންނަށް ލަފައާއި އިރުޝާދު ދިނުން 4- ކަމާބެހޭ މާހިރުންގެ ރިޕޯޓުތައް ކޮމިޝަނުން ފާސްކުރުމުން އެ ރިޕޯޓުތައް ދިވެހިބަހަށް ތަރުޖަމާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގައާއި ދިވެހި ރިޕޯޓުތައް ޑިޕާޓްމަންޓް ލެވެލްގައި ފާސްކުރުމުގެ މަސައްކަތްކުރުން 5- ކޮމިޝަނުންކުރާ އެންމެހާ މުޢާމަލާތްތަކުގައި ދިރާސާގެ ހޯދުންތަކާ ގުޅޭގޮތުން ހިންގަންޖެހޭ އެންމެހާ މުޢާމަލާތްތައް ހިންގުން 6- އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކާގުޅިގެން ކޮމިޝަނުން ހަދަން ނިންމާ ރިވިއުތައް ހެދުމުގެ މަސައްކަތްކުރުން 7- ދިވެހިރާއްޖޭގެ ޙާލަތާގުޅުވައިގެން އެކިއެކި ފަރާތްތަކުން ތައްޔާރުކުރާ ރިޕޯޓުތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާ ގުޅުންހުރި ރިޕޯޓުތައް އެނަލައިޒްކޮށް އެ ރިޕޯޓުތަކުގައި ހިމެނޭ ކަންތައްތަކާ ގުޅިގެން ކޮމިޝަނުން މޮނިޓަރކުރަންޖެހޭ ކަންތައްތައް ފާހަގަކުރުން. 8- ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުއާހަދާތައް ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމުގެ ގޮތުން ކުރެވޭ އެންމެހާ މަސައްކަތްތައްކުރުން 9- ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުއާހަދާތަކާ ގުޅިގެން ކޮމިޝަނުން ފޮނުވަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ފޮނުވުން 10- އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ނިޒާމަށް ކޮމިޝަނުން ފޮނުވަން ޖެހޭ ރިޕޯޓްތައް ޤަވާޢިދުން ފޮނުވުން 11- ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި އެ މަޢުލޫމާތު ކޮމިޝަނާ ޙިއްސާކުރުން 12- އިންސާނީ ޙައްޤުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ކޮމިޝަނުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާ ހުށަހެޅުންތައް ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމާއި އެމަޢުލޫމާތު ކޮމިޝަނާ ޙިއްސާކުރުން 13- ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން 14- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
||
ސުންގަޑި |
2020 ނޮވެންބަރު 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން |
||
އެހެނިހެން |
|
||