އިންޓާންޝިޕް ފުރުޞަތު
|
ތާރީޚް
|
02 ނޮވެންބަރު 2020
|
ނަންބަރު
|
IUL)168-CA/1/2020/18)
|
ވިސްލް ބްލޯވާރސް ޕްރޮޓެކްޝަން ޔުނިޓް އަދި އިންވެސްޓިގޭޝަން ޔުނިޓް
|
ބޭނުންވާ ޢަދަދު:
|
02 (ދޭއް)
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށް
|
އިސްކަންދޭ ފަރާތްތައް:
|
- އިންސާނީ ހައްގުގެ ދާއިރާއިން ތަހްގީގު ކުރުމާއި ޤާނޫނީ ދާއިރާ އަށް ޝައުޤުވެރިކަން ހުރުން ނުވަތަ
- ތަހްގީގީ ދާއިރާ ނުވަތަ ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
- ހިއުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން.
|
މައިގަނޑު މަސައްކަތް:
|
- ވިސްލް ބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރުމުގައި އެހީތެރިވުން
- ޤާނޫނީ ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި އެހީތެރިވުން
|
ކޮމިޝަން ބިއުރޯ
|
ބޭނުންވާ ޢަދަދު:
|
02 (ދޭއް)
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް
|
އިސްކަންދޭ ފަރާތްތައް:
|
- ބިއުރޯ އަދި މީޑިއާއާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް
- އެޑްމިނިސްޓްރޭޝަން އަދި މީޑިއާ އާ ގުޅުން ހުރި ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
|
މައިގަނޑު މަސައްކަތް:
|
1. ކޮމިޝަނަރސް ބިއުރޯ އާ ގުޅުން ހުރި މަސައްކަތްތައް (ކޮމިޝަން ޖަލްސާތަކާ ގުޅުން ހުރި މަސައްކަތްތައް ބެލެހެއްޓުން)
|
އިންވެސްޓިގޭޝަން ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
04 (ހަތަރެއް)
|
ބޭނުންވާ މުއްދަތު:
|
03 މަސްދުވަސް
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް
|
އިސްކަންދޭ ފަރާތްތައް:
|
- އިންސާނީ ހައްގުގެ ދާއިރާއިން ތަހްގީގު ކުރުމާއި ޤާނޫނީ ދާއިރާ އަށް ޝައުޤުވެރިކަން ހުރުން ނުވަތަ
- ތަހްގީގީ ދާއިރާ ނުވަތަ ޤާނޫނީ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން (ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފަހު އަހަރުގެ ކިޔެވުން ފުރިހަމަކުރަމުންދާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.)
- ހިއުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުން.
|
މައިގަނޑު މަސައްކަތް:
|
- އިންވެސްޓިގޭޝަން ދަތުރުތަކުގައި ބައިވެރިވުން
- އިންވެސްޓިގޭޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް އެހެން ތަނެއްގައި ވަޒީފާ އަދާ ކުރަމުންދާނަމަ އެ ތަނުގައި ވަޒީފާއަދާ ކުރިކަން ނުވަތަ ކުރަމުންދާކަން އަންގައިދިނުމުގެ ގޮތުން އެ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީއެއްގައި ކިޔަވާނަމަ އެކަން އެނގޭނެ ލިޔުމެއް
- ތަޢުލީމީ ސެޓިފިކޭޓް ތަކުގެ ކޮޕީ
|
ސުންގަޑި
|
2020 ނޮވެންބަރު 10 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން
|
އެހެނިހެން
|
- އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ އިންޓަވިއު އެއް ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
- އިންޓާންސްގެ ގޮތުގައި ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- އިންޓާންސްގެ ގޮތުގައި ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- އިންޓާންސްގެ ގޮތުގައި ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
- އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް ފޮނުއްވާނީ [email protected] އަށެވެ.
|
|
|
|
|