ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މި ކޮމިޝަނުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރގެ މަޤާމާއި ހިއުމަން ރައިޓްސް އޮފިސަރގެ މަޤާމަށް މުވައްޒަފެއް ހޯދުމަށްކުރި އިޢުލާނުގެ މުއްދަތު އިތުރުކުރުން

މި ކޮމިޝަނުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރގެ މަޤާމަށް މުވައްޒަފެއް ހޯދުމަށް ކުރި މި ކޮމިޝަނުގެ ނަންބަރު IUL)168-CA/1/2020/21) އިއުލާނާއި މި ކޮމިޝަނުގެ ހިއުމަން ރައިޓްސް އޮފިސަރގެ މަޤާމަށް މުވައްޒަފެއް ހޯދުމަށް ކުރި މި ކޮމިޝަނުގެ ނަންބަރު  IUL)168-CA/1/2020/13) އިޢުލާނުގެ ސުންގަޑި ހަމަވާން ގާތްވެފައި ވަނިކޮށް 2020 އޮކްޓޫބަރު 12 އަދި 13 ވަނަ ދުވަހު މި ކޮމިޝަނުގެ އީމެއިލްއަށް ދިމާވި މައްސަލައަކާގުޅިގެން ގިނަ އީމެއިލްތަކެއް ރިޖެކްޓްވެ ބައެއް އެޕްލިކޭޝަން ފޯމުތައް އީމެއިލްއިން ނުލިބި ހުރެދާނެކަމަށް ބެލެވޭތީ، ޙަވާލާދީފައިވާ ދެ އިޢުލާނުން ކޮށްފައިވާ އިޢުލާނުތަކުގެ ސުންގަޑި 2020 ނޮވެންބަރު 8 ވަނަދުވަހުގެ މެންދުރު 12:00 އާ ހަމައަށް އިތުރު ކުރަމެވެ.

މި މަޤާމުތަކަށް ކުރިމަތިލައްވައި، ހިއުމަން ރައިޓްސް ކޮމިޝަނުން ގުޅައި އެޕްލިކޭޝަން ލިބުނުކަން ޔަޤީންކޮށްދީފައިވާ ކެނޑިޑޭޓުން އަލުން ވަޒީފާއަށް އެދި ހުށައަޅަން ނުޖެހޭނެއެވެ. އެހެންނަމަވެސް، މި މަޤާމުތަކަށް ކުރިމަތިލެއްވުމުން، އެޕްލިކޭޝަން ލިބުނުކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ގުޅައި އެޕްލިކޭޝަން ލިބުނުކަން ޔަޤީންކޮށްދީފައި ނުވާނަމަ އެ ފަރާތްތަކުން އަލުން ވަޒީފާއަށްއެދި ހުށަހެޅުމަށް ދަންނަވަމެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް ބޭއްވުމަށް މިހާރު ހަމަޖައްސާފައިވަނީ 2020 ނޮވެންބަރު 19 އާއި 25 ދެމެދުގެ ތާރީޚެއްގައި ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ.

02 ނޮވެންބަރު 2020
ހޯދާ