ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

 

ހއ . މާރަންދޫ ޞިއްހީމަރުކަޒަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި މަސައްކަތަށް ޤާބިލު މީހެކެވެ.

މަޤާމް:

މަސައްކަތު

މަޤާމުގެ ނަމްބަރު:

J-278270

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމު ރޭންކް:

އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހއ. މާރަންދޫ ޞިއްޙީ މަރުކަޒު

މުސާރަ:

3100/- ރުފިޔާ

ސަރވިސް އެލަވަންސް:

1000/- ރުފިޔާ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް މަހަކު -/1200 ރުފިޔާ ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ،ރިސްކު އެލަވަންސް އަދި ބަންދު ދުވަހުގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • މަރުކަޒުގެ އޮފީސް އިމާރާތް ފޮޅަ ސާފޮކޮށް މޮޕްލައި ބޮޑުދޮރުތަކާއި ކުޑަދޮރުތަކާއި ބިއްލޫރިތަކާއި އެކު ފޮހެ  ސާފްކުރުން
  • ސިއްހީމަރުކަޒުގެ ގޯތިތެރޭއާއި ވަށައިގެންވާ ސަރަހައްދު ރަނގަޅަށް ކުނިކަހާ ސާފްކުރުން
  • އޮފީސްބައިގެ މޭޒުތަކާއި ކަބަޑުތަކާއި ފަންކާތައް ފޮހެ ސާފްކުރުން
  • ސިއްޙީމަރުކަޒުގެ ގޯތިތެރޭގައި ބަގީޗާ ގަހާއި އެހެނިހެން ގަސްއިންދާ ހައްދާ ގޯތިތެރެ ޒީނަތްތެރިކުރުން. އަދި ގަސްތަކަށް ފެންދީ ބެލެހެއްޓުން
  • ސިއްހީމަރުކަޒުން އުކާލަންޖެހޭ ކުނީގެ ބާވަތްތައް އުކާލުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ދުވަހުން ދުވަހަށް އުކާލުން އަދި އަންދަންޖެހޭ ކުނި ކަނޑައެޅިފައިވާ ޤަވައިދާ އެއްގޮތަށްއެންދުން
  • މަރުކަޒުގެ ފުރާޅާއި ދިޔަދޮވިތައް ސާފްކޮށް ރައްކާތެރިކަމާއި އެކު ވާރޭފެންނެގުން 
  • ކުނިކެހުމަށާއި މަސައްކަތައް ބޭނުންވާ އެހެނިހެން ސާމާނު ދަތިނުވާނޭ ގޮތަށް  ކަމާއި ބެހޭ ފާރަތާއި ގުޅިގެން ހޯދުމަށް އެތަކެތި ރައްކާތެރި ކަމާއެކު ބެލެހެއްޓުން
  • މަރުކަޒުގައި ހިންގާ އެކިއެކި ޕްރޮގްރަމްތަކަށް ތަންތައްޔާރުކުރުމާއި މިޕްރޮގްރާމްތަކުގައި ބައިވެރިވުމާއި އެހީތެރިވުން
  • ލޯންޑްރީގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެޓެންޑެންޓުން ޗުއްޓީގައި ހުންނަ ދުވަސްތަކުގައި  އެމަސައްކަތްތައް ކުރުމާއި އެހީތެރިވެދިނުން
  • އޮފީސްބައިގެ ފާހަނާއާއި އާއްމުފާހާނާ ކޮންމެ ދުވަހަކު ދޮވެ ސާފްކޮށް ބެލެއްހެއްޓުމާއި   މިތަންތަނަށް ބޭނުންވާ ތަކެތި ސްޕަވައިޒަރއަށް ހުށައަޅައި ހަމަކުރުން
  • އެކި ފަރާތްތަކަށް ހަވާލުކުރަން ޖެހޭ ސިޓީމެސެޖު ފަދަ ތަކެތި ރައްކާތެރިކަމާއި އެކު ހަވާލުކުރުން
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކާއި އެކިއެކި އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން އަދި މީގެ އިތުރުން ސިއްޙީމަރުކަޒު ހިންގުމާއި ހަވާލުވެ ހުންނަ ފަރާތަކުން އަންގާ މަސައްކަތްތައް (ސިވިލްސާރވިސް ޤަވާއިދަށް ފުށު ނާރާ ކަންތައްތައް) ކުރުން.

މަޤާމުގެ ޝަރުތުތައް

ލިޔަން ކިޔަން އެގުން

(ލިޔަން ކިޔަން އެގޭކަން ދެނެގަންނާނީ ، ދަށްވެގެން ސްކޫލް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެންގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.)

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މާރަންދޫ ޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

2.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޚާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކްޓްގެ ކޮޕީ

3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް    

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ

ސަޕޯޓް ސަރވިސް ( އެސް އެސް 1 އެސް އެސް 5 އަށް )

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމުލަ އިންސައްތަ    (%)

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

25

21

26

މަގާމްގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަވިއު / ޕްރެކްޓިކަލްސް

100

48

48

ޖުމުލަ:

185

100

100

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ހއ މާރަންދޫ ޞިއްޙީމަރުކަޒަށެވެ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ޑިސެމްބަރ 2020 އާއި 07 ޑިސެމްބަރ 2020 އާ ދެމެދު، ހއ މާރަންދޫ ޞިއްޙީމަރުކަޒުގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމް ) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ (A2 ފޯމު )" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯރޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއި މެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަނދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500566 ނަންބަރު ފޯނާއެވެ. އީ- މެއިލް ކުރާނީ [email protected] އަށެވެ.

02 ނޮވެންބަރު 2020
ހޯދާ