ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
2020 ވަނަ އަހަރުންފެށިގެން 3 (ތިނެއް) އަހަރު ދުވަހަށް މި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް.

މި އިޢުލާންވަނީ 01 ޑިސެންބަރު 2020 15:08 ގައި ބާތިލް ކުރެވިފައެވެ.


                                             އިޢުލާން

އެކްޓިވިޓީޔުނީފޯމްފެހުމާއިގުޅޭ

                         މިސްކޫލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް 2020 ވަނަ އަހަރުއިން ފެށިގެން ކުރިއަށް އޮތް 3 އަހަރަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                  ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިސްކޫލަށް ދުރުވެ އަންދާސީ ހިސާބުހުށަހެޅުއްވުމަށް ދަންނަވަމެވެ.

  •   މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިސްކޫލްގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން އޮންނާނީ      05 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހާއި ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އިން 11:30 އާއި ދެމެދުއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  • މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  05 ނޮވެމްބަރ 2020 ވާ ބުރާސްފަތ ދުވަހުގެ 10:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  05 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 މިސްކޫލް ގައި އޮންނާނެއެވެ.
  • ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 10 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ. 
  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

                  އަދި މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވާން އެދި މިސްކޫލްގައި ނަންނޯޓް ކުރާ ހުރިހާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ  ފުރުސަތުުދެވޭނެ ވާހަކަ ދަންނަވަމެވެ.

ދަނގެތީ ސުކޫލް

އދ.ދަނގެތި، ދިވެހިރާއްޖެ

ފޯން: 6680803

އީ-މެއިލް: [email protected]

 

01 ނޮވެމްބަރ  2020

                                                    

 

    

 

01 ނޮވެންބަރު 2020
ހޯދާ