މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ކޮންޓްރެކްޓް މަސައްކަތު މަޤާމުތަކަށް މީހުން ހޯދުން.

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

 

ބޭނުންވާ ދާއިރާ/ޔުނިޓް

ބޭނުންވާ އަދަދު

އާއްމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

މާލެ އޭރިއާ / ހުޅުލެ ޕޯސްޓް

1

ހުޅުލެ

ކްއާޓަރ މާސްޓަރ ސަރވިސް

1

މާލެ

ސަޕްލައި އެންޑް ޓްރާންސްޕޯޓް ސަރވިސް

    3

މާލެ

ސެންޓްރަލް އޭރިއާ / ލ. ކައްދޫ

2

ލ. ކައްދޫ

މަޤާމު:

މަސައްކަތު

 

މުސާރަ:

(މަހަކު) -/4865 ރުފިޔާ  

 

ސަރވިސް އެލަވަންސް:

(މަހަކު) -/1000 ރުފިޔާ

 

އިތުރު އިނާޔަތްތައް

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ފެންވަރު ނުވަތަ ޝަރުތު:

 

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

 

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުގައިވާ އެންމެހާ އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.

 

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ، 2020 ނޮވެންބަރު 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީ އަށް ހުށަހަޅުއްވާ ސިޓީތައް ބަލައިގަންނާނީ އީ-މެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

 

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724  ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

 

         

                      04 ރަބީޢުލްއައްވަލު 1441

                    28 އޮކްޓޯބަރު    2020

01 ނޮވެންބަރު 2020
ހޯދާ