ދިވެހިރާއްޖެ
މި ކޯޓުގެ ބައެއް އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުން
މި ކޯޓުގެ އޭސީތަކެއް ސާވިސް ކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރު 22/2020/(IUL)P2C އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ކޯޓޭޝަންތަށް އަގުބޮޑުވުމުގެ ސަބަބުން އެއިޢުލާން ބާތިލްކޮށް ތިރީގައި ދެންނެވިފައި އެވާ އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ސާވިސް ކުރަންޖެހޭ އޭސީ ތަކުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.
# |
ބްރޭންޑް/ސައިޒު |
ދިމާވެފައިވާ މައްސަލަ |
1 |
HITACHI 12000BTU |
އެއްވެސް ވަރަކަށް ފިނިނުވުން |
2 |
HITACHI 24000BTU |
އެކަށީގެންވާ ވަރަށް ފިނިނުވުން |
3 |
HITACHI 24000BTU |
އެކަށީގެންވާ ވަރަށް ފިނިނުވުން |
4 |
HITACHI 18000BTU |
ފިނިނުވުމާއި، އައުޓުޑޯ ޔުނިޓުގެ އަޑު ބާރުވުން |
5 |
HITACHI 18000BTU |
އިންޑޯ ޔުނިޓުގެ އަޑު ބާރުވުން |
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 12:30 ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (09 ނޮވެމްބަރ 2020) 13:00 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު
- އޭސީތައް ސާވިސް ކުރުމުގެ ތެރޭގައި އެއްވެސް އޭސީ އަކުން އެއްވެސް މައްސަލައެއް ފާހަގަ ވާނަމަ އެ ކަމެއް ހައްލު ކުރަންވާނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބިގެންނެއެވެ.
- ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
- މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ އައިޑީކާޑު ހުށަހަޅަންވާނެއެވެ.
މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.