ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޓެލްކޯއިން އުފައްދާ ފެން މީޓާރޑް ކަނެކްޝަން މެދުވެރިކޮށް ގަންނަން ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތައް ހޯދުމަށް

 ނަންބަރު:   76/2020-R

 

އިޢުލާން

މި ކުންފުނީގެ ފަރާތުންދޭ މަޢުލޫމާތާއި ކަނޑައަޅާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުޅުމާލެ އަދި މާލޭގައި ސްޓެލްކޯއިން އުފައްދާ ފެން މީޓާރޑް ކަނެކްޝަން މެދުވެރިކޮށް ގަންނަން ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ނޮވެމްބަރު 2020 ވާ ބުދަދުވަހުގެ ހެނދުނު 10.30 އަށް މިކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 9 ނޮވެމްބަރު 2020 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން ސްޓެލްކޯ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢްލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް މިކުންފުންޏަށް 2 ނޮވެމްބަރ 2020ގެ ކުރިން އީމެއިލް ކުރެއްވުމުން މަޢުލޫމާތު ލިބިލައްވާނެއެވެ. އަދި ސުންގަޑިއަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338365 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected]  މިއެޑްރެހަށެވެ.

 

       10 ރަބީޢުލްއައްވަލް 1442  

28 އޮކްޓޫބަރު 2020
ހޯދާ