މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ބޯޑަރ ހުޅުވާފައިނުވާ ޤައުމުތަކަށް ނިސްބަތްވާ ނުވަތަ ދިރިއުޅުން ހަމަޖެހިފައިވާ ބިދޭސީން ރާއްޖޭގައި ތިބޭ މުއްދަތުގެ ތެރޭގައި ވީޒާ އައުކުރުމާއި އަދި ރާއްޖެއިން ފުރުމާއިގުޅޭ

އިޢުލާން

ބޯޑަރ ހުޅުވާފައިނުވާ ޤައުމުތަކަށް ނިސްބަތްވާ ނުވަތަ ދިރިއުޅުން ހަމަޖެހިފައިވާ ބިދޭސީން ރާއްޖޭގައި ތިބޭ މުއްދަތުގެ ތެރޭގައި ވީޒާ އައުކުރުމާއި އަދި ރާއްޖެއިން ފުރުމާއިގުޅޭ

          

           ކޮވިޑް-19 ގެ ސަބަބުން، ވީޒާ އައުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް، 2020 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ވަނީ އިތުރު ލުއި ފަސޭހަ ގޮތްތަކެއް ތަޢާރަފު ކުރެވިފައެވެ. މިގޮތުން ވީޒާ ދޫކުރެވެން ނެތް ހާލަތްތަކުގައި "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" IM34 ފޯމު މެދުވެރިކޮށް، 31 އޮކްޓޯބަރ 2020 ގެ ކުރިން ރާއްޖެއިން ފުރައިގެން ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާދެވިފައެވެ. ވީމާ، 01 ނޮވެމްބަރު 2020 އިން ފެށިގެން ބިދޭސީންނަށް ރާއްޖެއިން ފުރައިގެން ދެވޭނީ ތިރީގައިވާ ގޮތުގެ މަތީން އަމަލު ކުރުމުންނެވެ.

ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ވީޒާ އައުކުރުން

-    ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖެ އެތެރެވެފައިވާ، ފަރާތެއް ނުވަތަ ފަރާތްތަކެއް ނިސްބަތްވާ ޤައުމެއްގެ ބޯޑަރ ބައިނަލް އަޤްވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތައް ރާއްޖޭގައި ތިބޭ މުއްދަތުގެ ތެރޭގައި އެ ފަރާތްތަކުގެ ވީޒާ އައުކުރުމަށްއެދި ހުށަހަޅާ ފޯމާއި ލިޔެކިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް މެއިލް ކުރެއްވުމުން، އެފަރާތްތަކުގެ ހާލަތަށް ރިޢާއަތްކޮށް، ވީޒާ  އައުކޮށްދެވޭނެއެވެ.

-    ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު 19 މާރޗް 2020ގެ ކުރީގެ ތާރީޚަކަށް ހަމަވެފައިވާ ފަރާތްތަކުން ވީޒާގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް، [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި އެއަށްފަހު، އަމަލު ކުރަންވީގޮތް، އީމެއިލްގެ ޒަރީއާއިން ޙިއްޞާކުރެވޭނެއެވެ. އަދި މި ފަރާތްތަކަށް ވީޒާ ދޫކުރެވޭނީ ނުވަތަ ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސާ ދެވޭނީ ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ ދަށުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްފަހުގައި ކަމުގައި ދެންނެވީމެވެ.

-    ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި  ރާއްޖެ   އެތެރެވެފައިވާ ފަރާތްތަކަށް  ދޫކޮށްފައިވާ  ވީޒާ އައުކުރުމަށްއެދި،   31 ޑިސެންބަރު 2020 ގެ ކުރިން،[email protected]  އަށް ބޭނުންވާ ލިޔެކިއުންތަކާއެކު މެއިލް ކުރައްވާ ފަރާތްތަކުގެ، ވީޒާގެ މުއްދަތު ޖޫރިމަނާ ފައިސާ އާއި ނުލައި އައުކޮށްދެވޭނެއެވެ. 31 ޑިސެންބަރު 2020 ގެ ފަހުން މެއިލް ކުރައްވާ ފަރާތްތަކައް ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ ދަށުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްފަހުގައި ކަމުގައި ދެންނެވީމެވެ. 

"އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" IM34 ފޯމު ގެ ދަށުން ފުރުވާލެވޭ ފަރާތްތައް

-    ވާރކް ވީޒާގެ މުއްދަތު ހަމަވެ އައުކުރެވެން ނެތް ފަރާތްތަކާއި، އެހެނިހެން ބާވަތްތަކުގެ ވީޒާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ ފަރާތްތަކުގެ ތެރެއިން، އެފަރާތަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު އައުކުރެވެން ނެތް ހާލަތްތަކުގައި، ރާއްޖެއިން ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމް ވާނީ ހަމަޖައްސާފައެވެ. ނަމަވެސް މި ދެންނެވުނު އިންތިޒާމުގެ ދަށުން ފުރުވާލެވޭނީ، ފުރިހަމަކޮށްފައިވާ "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" IM34 ފޯމު އިމިގްރޭޝަންގެ ޑިޕަރޗަރ ކައުންޓަރަށް ހުށަހެޅުމުންނެވެ. އަދި މިއާއެކު ބިދޭސީފަރާތް ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލަރސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރުމުން ކަމުގައި ދެންނެވީމެވެ.

-    "އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" IM34 ފޯމު ހުށަހަޅުއްވައިގެން، ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީޚަކީ 31 ޑިސެންބަރ 2020 އެވެ.

                  ވީމާ، ޚިދުމަތް ހޯދައްވާފަރާތްތަކުގެ މައުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ. 

 

30 އޮކްޓޫބަރު 2020
ހޯދާ