އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމަކާ ނުލައި ގދ.ނަޑެއްލާގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާކުރުމާއި ގުޅޭ

                     ނަންބަރު: (PR)203-ECA/1/2020/7

 

ނޫސްބަޔާން

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމަކާ ނުލައި ގދ.ނަޑެއްލާގައި އިންޖީނުގެ އެޅުމުގެ މަސައްކަތްފަށާފައިވުމާއި ގުޅިގެންފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާކުރުމާއި ގުޅޭ

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ކުރިއަށްގެންދާ ގދ.ނަޑެއްލާ އިންޖީނުގެ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢު 'ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ގަވާއިދު (ނަންބަރު: 2012/R-27) އާއި ޚިލާފަށް، މަސައްކަތް ފެށުމުގެ ކުރިން މިއެޖެންސީއިން ނަގަންޖެހޭ ހުއްދަތައް ނުނަގައި މަސައްކަތް ފަށާފައިވާކަން،  އެކުންފުނީގެ ފަރާތުން މިއެޖެންސީއަށް ޔަޤީންކޮށްދެއްވާފައިވާތީ، ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2012/R-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާޢިދު 2012) ގެ 20 ވަނަ މާއްދާގެ (ހ) އަދި "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު:2011/R-9) ގެ ޖަދުވަލު 5 ރިޢާޔަތްކޮށް ޖުމްލަ 263,750.00 (ދެލައްކަ ފަސްދޮޅަސް ތިން ހާސް ހަތް ސަތޭކަ ފަންސާސް) ދިވެހިރުފިޔާއިން  ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވަނީ 28 އޮކްޓޫބަރު 2020 ގައި ޖޫރިމަނާކުރެވިފައެވެ. އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އެންގިފައެވެ. ހަމައެހެންމެ، މިއީ 'ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާޢިދު 2012' (ނަންބަރު: (2012/R-27 އާއި ޚިލާފުވެގެން މިއެޖެންސީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާ ކުރާ 6 ވަނަ ފަހަރުކަމުގައިވެސް ދަންނަވަމެވެ.

............................................

11            ރަބީޢުލްއައްވަލް 1442

28             އޮކްޓޫބަރު 2020

28 އޮކްޓޫބަރު 2020
ހޯދާ