ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ކުލަ ފޮޓޯކޮޕީ މެޝިނެއް ހޯދަން ބޭނުންވެއްޖެއެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ކުލަ ފޮޓޯކޮޕީ މެޝިނެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 01 ނޮވެމްބަރ 2020 (އާދިއްތަ) ދުވަހުން ފެށިގެން 10 ނޮވެމްބަރ 2020 (އަންގާރަ) ދުވަހާއި ދެމެދު މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  •  މައުލޫމާތު ދިނުން – 16 ނޮވެމްބަރ 2020 ވާ (ހޯމަ) ދުވަހުގެ 09:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 22 ނޮވެމްބަރ 2020 ވާ (އާދިއްތަ) ދުވަހުގެ 09:00 ގައި

މަޢުލޫމާތު ދިނުން އޮންލައިކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި އޮންލައިންކޮށް ބައިވެރިނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން، ހަމަޖެހިފައިވާ ގަޑީގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވޭނެއެވެ. މައުލޫމާތު ފޯރުކޮށްދެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެންނޯންނާނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި އެހެންފަރާތަކުން އަންދާސީ ހިސާބުހުށަހަޅުއްވަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ހިތްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

28 އޮކްޓޫބަރު 2020
ހޯދާ