މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރިޕަޓްރިއޭޝަން ސެކްޝަން (އޯކިޑް ބިލްޑިންގް) އަށް 24000BTU ގެ 8 (އަށެއް) އިންވާޓަރ ވޯލްމައުންޓް އެއަރކޮންޑިޝަން ބަދަލުކޮއްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

 

ޕްރޮޖެކްޓް ނަންބަރު:  PC-942020W-27

އަންދާސީ ހިސާބު ބޭނުންވެއްޖެ    

  1. މޯލްޑިވްސް އިމިގްރޭޝަންގެ އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރިޕަޓްރިއޭޝަން ސެކްޝަން (އޯކިޑް ބިލްޑިންގް) އަށް 24000BTU ގެ 8 (އަށެއް) އިންވާޓަރ ވޯލްމައުންޓް އެއަރކޮންޑިޝަން ބަދަލުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:00  އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މިމަސައްކަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ހުށައެޅޭނީ މައުލޫމާތު ބައްދަލުވުމަށް ހާޒިރުވެ، ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  3. ބީލަން ހުށައެޅުން އޮންނާނީ 24 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:00  އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،

މޯލްޑިވްސް އިމިގްރޭޝަން،

ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330436, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

28 އޮކްޓޫބަރު 2020
ހޯދާ