ދިވެހިރާއްޖެ
ނަންބަރު: 88/IUL)202-A/1/2020)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޤާނޫނު ނަމްބަރު 5/2009 )އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން އަލަށް ހަދަންޖެހޭ ޤަވާއިދުތައް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 2020 ނޮވެމްބަރު 04 ވާ ބުދަދުވަހުގެ 10:30 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާގެ (ކުރީގެ ސްޓަރސިނަމާ) 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2020 ނޮވެމްބަރު 16 ވާ ހޯމަދުވަހު 10:30 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ މ.ޗަނބޭލީ ވިލާގެ (ކުރީގެ ސްޓަރސިނަމާ) 2 ވަނަ ފަންގިފިލާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޔަށް ޙާޟިރުނުވާ ފަރާތުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
11 ރަބީޢުލްއައްވަލު 1442
28 އޮކްޓޫބަރު 2020