ދިވެހިރާއްޖެ
އިޢުލާން
ގަވާއިދު ނަންބަރު 2018/R-69 "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގެ (9) ވަނަ މާއްދާގެ ދަށުން ރަށްރަށުން ނުވަތަ ސިޓީތަކުން ބިން ދޫކުރުމަށް (22 ޖުލައި 2019) ކަނޑެއެޅި ކުލި ބަދަލުކުރުން
ޤާނޫނު ނަންބަރު 2002/1 "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު" އިން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2018/R-69 "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގެ (9) ވަނަ މާއްދާގައި ވާގޮތުގެ މަތިން ރަށަކުން ނުވަތަ ސިޓީއަކުން ބިން ދޫކުރުމަށް 22 ޖުލައި 2019 ގައި ލޭންޑް ވެލުއޭޝަން ކޮމެޓީން ކަނޑައަޅައި ޢާންމުކޮށްފައިވާ، ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށުން ބިންދޫކުރެވޭ އެންމެ ކުޑަކުލި ބަދަލު ކުރުމަށް ލޭންޑް ވެލުއޭޝަން ކޮމިޓީން 27 އޮކްޓޯބަރ 2020 ގައި ވަނީ ނިންމާފައެވެ. މި ގޮތުން ކުލީގެ ރޭޓް ބަދަލުކުރެވިފައި ގޮތް ތިރީގައި އެވަނީއެވެ.
އެންމެ ކުޑަ ކުލި (އަކަފޫޓަކަށް) ރުފިޔާ |
ރަށް |
އަތޮޅު |
0.60 |
އިނގުރައިދޫ |
ރ |
0.60 |
އިންނަމާދޫ |
ރ |
0.70 |
ދޮންފަނު |
ބ |
0.70 |
ކަމަދޫ |
ބ |
ވީމާ، ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.
11 ރަބީއުލް އައްވްލު 1442
28 އޮކްޓޯބަރ 2020