މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހަދަމުންދާ ސީޓީ އަދި މެމޯގްރަފީރޫމްގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

         ރ.އުނގޫފާރު  ރީޖަނަލް ހޮސްޕިޓަލުގައި ހަދަމުންދާ ސީޓީ އަދި މެމޯގްރަފީރޫމްގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)23-AP/23/2020/126  (09 ސެޕްޓެމްބަރ 2020) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަގުތައް ބޮޑުވުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް ރ.އުނގޫފާރު  ރީޖަނަލް ހޮސްޕިޓަލުގައި ހަދަމުންދާ ސީޓީ އަދި މެމޯގްރަފީރޫމްގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 27 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުން ފެށިގެން 09 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 ނޮވެމްބަރ 2020 އަންގާރަ ދުވަހު ހެނދުނުު 10:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

11 ރަބީޢުލް ޢައްވަލް 1442

27 އޮކްޓޫބަރު 2020
ހޯދާ