ދިވެހިރާއްޖެ
c
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު، ދިވެހިރާއްޖެ
Economic Development & Social services އިޤްތިޞާދީ ތަރައްޤީ އާއި އިޖްތިމާޢީ ޚިދްމަތް
އިޢުލާން
ނަމްބަރ: (IUL)304-MS/304/2020/91 |
ތާރީޚް: 27 އޮކްޓޫބަރ 2020 |
ރ. ދުވާފަރު ލޭންޑުޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ކުލީބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ |
ރ. ދުވާފަރު ލޭންޑުޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ކުލީބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމްބަރ (IUL)304-MS/304/2020/60 (01 އޮކްޓޫބަރ 2020) އިޢުލާނާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ކަންބޮޑުވުންތަކެއް ހުށަހެޅިފައިވާތީ، އެ އޮތޯރިޓީއިން ވަކި އެއްޗެއް އަންގަންދެން ބިންތައް ކުއްޔަށް ދޫކުރުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސާލަދެއްވުމަށް އަންގާފައިވާތީ، އެކަން ތިޔަ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ކުލީ ބިންތައް ކުއްޔަށް ދޫކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ވަކި ގޮތެއް ނިންމުމުން ، މިކަމުގައި ޢަމަލުކުރާނެގޮތެއް މިއިދާރާއިން އަންގާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ، މިއިދާރާގެ މުނިސިޕަލް ސާރވިސް އޮފިސަރ އިސްމާޢީލް މާޙިދު (ފޯން: 9117423) އަށް ގުޅައިގެން ކުރިއަށް ގެންދިޔުން އެދެމެވެ.
ވީމާ، މިކަން ތިޔަ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
|
10 ރަބީޢުލްއައްވަލް 1442
17 އޮކްޓޫބަރ 2020