މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނި (ދުވާފަރު ދިރުން) ދުއްވާނެ ކެޔޮޅެއް ހޯދަން ބޭނުންވެއްޖެ

c

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ދުވާފަރު، ދިވެހިރާއްޖެ                                           

 

Economic Development & Social services                              އިޤްތިޞާދީ ތަރައްޤީ އާއި އިޖްތިމާޢީ ޚިދްމަތް

އިޢުލާން

 

 

ނަމްބަރ: (IUL)304-MS/304/2020/90

ތާރީޚް: 27 އޮކްޓޫބަރ 2020

ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނި (ދުވާފަރު ދިރުން) ދުއްވާނެ ކެޔޮޅެއް ހޯދަން ބޭނުންވެއްޖެ

 

                

 ރ. ދުވާފަރު ރައްޔިތުންގެ މަސްދޯނި ދުއްވާނެ ކެޔޮޅެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ކެޔޮޅަކަށް ހަވާލުކޮށްގެން ދޯނި ދުއްވަން ހަމަޖެހިފައިވަނީ، ދޯނިން ލިބޭ އެއްޗެއްގެ ބައިކުޅަބައި މަހަށް ދާ މީހުންނަށް ދޭ އުސޫލުންނެވެ. އަދި ކެޔޮޅު މީހާއަށް ދޭންޖެހޭ އެއްޗެއް މިއިދާރާއިން ކެޔޮޅު މީހާއަށް ދީގެންނެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިކަމަށް އެދި ތިރީގައި މިދަންނަވާ ތަކެއްޗާއިއެކު ސިޓީއެއް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  • ކެޔޮޅަކަށްވުމަށް އެދި ހުށަހަޅާ ސިޓީ (ރ. ދުވާފަރު ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށް ހުށަހެޅުމަށް)
  • ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ (ރައްޔިތުންގެ ދޯންޏަކީ 12 މޭލަށްވުރެ ބާރަށް ދުވާ އުޅަނދަކަށްވާތީ، 12 މޭލުން ފެށިގެން މަތީ އުޅަނދުތައް ދުއްވޭ ކެޓަގަރީ ޖަހާފައިވާ ލައިސަންސްގެ ކޮޕީ)
  • ދޯނި ދުއްވިކަމުގެ ލިޔުން (ދޯންޏެއް ދުއްވާފައިވާނަމަ، އެދޯންޏެއްގެ ވެރިފަރާތުން އެދޯނި ދުއްވިކަމަށް ލިޔެދީފައިވާ ސިޓީ (އަހަރު އިނގޭގޮތަށް)، ދޯނީގެ ރަޖިސްޓްރީގެ ކޮޕީ، ދޯނީގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ)
  • ކެޔޮޅާއެކު މަހަށް ދާން ބޭނުންވާ ފަރާތްތަކުގެ ލިސްޓު (ފުރިހަމަ ނަން، ދާއިމީ އެޑްރެސް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަމްބަރ، ގުޅޭނެ ފޯން ނަމްބަރ ހިމެނޭގޮތަށް – ރައްޔިތުންގެ ދޯނީގެ ކެޕޭސިޓީއަކީ 30 ކަމަށްވާތީ، މި އަދަދަށްވުރެ ލިސްޓުގައި މީހުންގެ ޢަދަދު އިތުރުވެގެން ނުވާނެއެވެ.)

 

 

                މިކަމަށް ކުރިމަތިލެވޭނީ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ 12 މޭލުން މަތީގެ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ބޭފުޅުންނަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އެއްވެސް ލިޔުމެއް ބަލައިނުގަނެވޭއެވެ.

 

އިތުރު މަޢުލޫމާތު:

  • މަސައްކަތުގެ ތަޖުރިބާ : %60
  • ކަނޑުއުޅަނދުގެ ލައިސަންސް : %40

                ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

                        10 ރަބީޢުލްއައްވަލް 1442

                        27 އޮކްޓޫބަރ 2020               

                                    

27 އޮކްޓޫބަރު 2020
ހޯދާ