ދިވެހިރާއްޖެ
މި އިޢުލާންވަނީ 01 ނޮވެންބަރު 2020 12:49 ގައި ބާތިލް ކުރެވިފައެވެ.
އަންދާސީ ހިސާބު ބޭނުންވެއްޖެ.
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)375/375/2020/23 (15.10.2020) އިޢްލާނުގައި އެކަށީގެންވާ މުއްދަތު ދެވިފައިނުވާތީ އެ އިޢްލާނު ބާޠިލް ކުރުމަށްފަހު އަލުން ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މަޢްލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން
1- ސެކިއުރިޓީއާ ގުޅޭ މަޢްލޫމާތު ދިނުން އޮންނާނީ 2020 ނޮވެމްބަރ 01 ވާ އާދީއްތަ ދުވަހުގެ 13.00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.
2- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2020 ނޮވެމްބަރ 15 ވާ އާދީއްތަ ދުވަހުގެ 13.00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.
3- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
އިތުރު މަޢްލޫމާތު
މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
މަޢްލޫމާތު ސާފު ކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
ބިޑް އިވަލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަޑުތައް
ތަފްޞީލް |
އިންސައްތަ |
ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑަ އަގު ބެންޗުމާކު ކަމުގައި ބަލައިގެން ) |
%80 |
ތަޖްރިބާއަށް ( ތަޖްރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ދާއިރާއާއި ގުޅުންހުރި ލިޔުން ތަކަށް ވުމާއި، އަދި ލިޔުން ދޫކުރި ފަރާތުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުންތަކެވެ. ) |
%20 |
އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
ށ- ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ