|
މަޤާމް
|
ޑްރައިވަރ
|
|
ބޭނުންވާ ޢަދަދު:
|
- 10 (ދިހައެއް) - ހިތަދޫ
- 5 (ފަހެއް) – ހުޅުދޫ އަދި މީދޫ
|
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ވަގުތީ (6 މަސް)
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
- ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން
- ހުޅުދޫ އަދި މީދޫ މުނިސިޕަލް ސަރވިސް ޑިވިޜަން
|
|
މުސާރަ:
|
3700.00 ރުފިޔާ
|
|
އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވެންސް: އަސާސީ މުސާރައިގެ %35
|
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މަސައްކަތުގައި ބޭނުންކުރާ ހެވީލޯޑް ވެހިކަލްތައް އޮޕަރޭޓްކުރުން.
- މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
- މަސައްކަތުގައި ބޭނުންކުރާ ވެހިކަލްތައް ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތުގެ މަތިން ސަރވިސްކޮށް ބެލެހެއްޓުން.
- ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސުޕަވަވައިޒަރުގެ ލަފާގެ މަތިން ކުރުން.
- ވެހިކަލްތަކަށް އަރުވަންޖެހޭ މުދާ އަރުވާ ބޭލުން.
- މަސައްކަތުގައި ބޭނުންކުރާ ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުން.
- މަސައްކަތްކުރާ ވަގުތުގައި ތިމާ އަށާއި އެހެނިހެން މުވައްޒަފުންގެ ސަލާމަތަށް ބަލައިގެން އަދި އޮފީހުގެ މުދަލަށް ގެއްލުމެއް ނުވާ ގޮތުގެ މަތިން ސަމާލުވެ މަސައްކަތްކުރުން.
|
|
މަޤާމުގެ ޝަރުތުތައް:
|
ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމު %20
- ތަޖުރިބާ %35
- އިންޓަވިއު %40
- ތަމްރީނު %5
- ހެވީލޯޑް ވެހިކަލް އޮޕްރޭޓްކުރުމުގެ ލައިސަންސް ލިބިފައިވާ ނުވަތަ އެފަދަ ވެހިކަލްތައް އޮޕަރޭޓްކުރަން އެނގޭ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ 35% (ތިރީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ނޮވެންބަރު 08 ވަނަ ދުވަހުގެ 12:00ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ނޮވެންބަރު 22 އާއި 2020 ނޮވެންބަރު 30 އާ ދެމެދު، އައްޑޫސިޓީ ކައުންސިލްގެ އިދާރާ ނުވަތަ ކަނޑައެޅޭ އަވަށު އޮފީހެއްގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 688 5002 ނަންބަރު ފޯނާއެވެ.
|
|
10 ރަބީޢުލްއައްވަލް 1442
|