ދިވެހިރާއްޖެ
a
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ: (IUL)370-ESMS SC/370/2020/20
ބީލަން ހުށަހެޅުމުގެ ދައުވަތު |
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި 25 ޓަނުގެ އައިސްޕްލާންޓް ޤާއިމްކުރުމަށް ހުށަހަޅާފައިވާ އަންދާސީ ހިސާބު މިމަޝްރޫޢުއަށް ލިބިފައިވާ ބަޖެޓަށްވުރެ ބޮޑުވުމާއިގުޅިގެން، 20 ސެޕްޓެމްބަރ 2020ގައި ކޮށްފައިވާ ނަމްބަރު ((IUL)370-ESMS SC/370/2020/16) އިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި 25 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުން
- ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި 25 ޓަނުގެ އައިސްޕްލާންޓް ޤާއިމްކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ޕްރޮޖެކްޓްބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ގެރެންޓީ ދިވެހި ރުފިޔާ ( ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން ) |
ޕްރޮޖެކްޓްނަން |
ޕްރޮޖެކްޓްނަންބަރު |
ބިޑް ސެކިއުރިޓީ: 1800 ( އެއް ހާސް އައްސަތޭކަ ރުފިޔާ ) ޕާފޯމަންސް ގެރެންޓީ: 72000 ( ހަތްދިހަ ދެ ހާސް ރުފިޔާ ) |
ފ.ފީއަލިގައި އައިސް ޕްލާންޓެއް ޤާއިމު ކުރުމުގެ މަސައްކަތް |
(IUL)370-ESMS SC/370/2020/20 |
- މި މަޝްރޫޢު ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި މަޝްރޫޢު ބެހޭ އެންމެހައި ލިޔެކިޔުންތައް 27 އޮކްޓޯބަރ އިން ފެށިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓުން ( www.fishagri.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަށް ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީއާއިބެހޭ އިތުރު މަޢުލޫމާތު، "ބީލަމާބެހޭ މަޢުލޫމާތު ކަރުދާހު"ގައި ވާނެއެވެ.
- މި މަޝްރޫޢު ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ އީމެއިލް ކުރައްވާނީ 08 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އިމެއިލް އެޑްރެހަށެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ނޮވެމްބަރ 09 ވަނަ ދުވަހުގެ 13:00 ގައި ބީލަން ހުށަހެޅުވުން އެދެމެވެ. ބީލަން ބަލައިގަތުން އޮންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ފޯން ނަންބަރު : 3339272
އީމެއިލް: [email protected],
- ޕްރޮޖެކްޓްތަކާއި ގުޅޭ މަޢުލޫމާތު، އެގޮތުން، ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް، ބީލަން ޝީޓް އަދި ބީލަމުގެ ޖަދުވަލުތައް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
1442 C 10
27 އޮކްޓޯބަރ 2020
މުޙައްމަދު ޖަލީލް
ފީއަލީ ކައުންސިލްގެ ރައީސް