މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުން

 

އިޢުލާން

                                                         ނަންބަރު: IUL)307/INDIV/2020/63)  

 

ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުން:

              މިކައުންސިލްގެ ފަރާތުން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު "އައިލެންޑް ޓްރޭޑް އިންނަމާދޫ ފުޓްސެލް ޗެމްޕިއްންސް 2020" ގެ ނަމުގައި އަންހެން އަދި ފިރިހެން ޓީމްތަކަށް ޙާއްސަކޮށްގެން ފުޓްސެލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

              މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރ 2020 ވާ ހުކުރު ދުވަހު އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމުތަކަކީ:

  1. އަންހެން ޗެމްޕިއަން ޓީމަށް – 8000ރ (އަށްހާސް ރުފިޔާ)
  2. އަންހެން ރަނަރަޕް ޓީމަށް – 4000ރ (ހަތަރުހާސް ރުފިޔާ)
  3. ފިރިހެން ޗެމްޕިއަން ޓީމަށް – 15000ރ (ފަނަރަހާސް ރުފިޔާ)
  4. ފިރިހެން ރަނަރަޕް ޓީމަށް – 7500ރ (ހަތްހާސް ފަސް ސަތޭކަ ރުފިޔާ)

              މުބާރާތުގައި ބައިވެރުމަށް ފޯމް ހުށަހަޅާއިރު 500ރ (ފަސް ސަތޭކަ ރުފިޔާ) ގެ ފީއެއް ކޮންމެ ފޯމަކާއިއެކު ނެގޭނެއެވެ. މުބާރާތުގެ ޤަވާޢިދު އަދި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 13:00 އަށް ކުރިއަށް ދާނެއެވެ.

              ވީމާ، މުބާރާތުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވެލައްވާ ޓީމުތަކުން 10 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ފޯމްތައް ހުށަހެޅުއްވުން އެދެމެވެ.

              މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

26 އޮކްޓޫބަރު 2020
ހޯދާ