ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދެއްވަދޫއިން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

ގއ.ދެއްވަދޫއިން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

ގއ. ދެއްވަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރ411-B/IUL/2020/11 (09 އޮގަސްޓް 2020) އިޢުލާނަށް އިޖާބަދީ، ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓްކުރުމަށްފަހު އެފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް މިއިދާރާގެ ނޯޓިސް ބޯޑާއި، ފޭސްބުކް ޕޭޖް އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

ވީމާ، އާންމުކުރެވިފައިވާ ވަގުތީ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ މިއަދުން ފެށިގެން 10 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުން މިއިދާރާގެ ރިސެޕްޝަނަށް ނުވަތަ އީ-މެއިލް  މެދުވެރިކޮށް [email protected]  ނުވަތަ [email protected] އަށެވެ.

 

     

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޮކްޓޫބަރު 2020
ހޯދާ