މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު އާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކުރުމާއި ގުޅޭ

c

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ދުވާފަރު . ދިވެހިރާއްޖެ                                           

 

Economic Development & Social services                              އިޤްތިޞާދީ ތަރައްޤީ އާއި އިޖްތިމާޢީ ޚިދްމަތް

 

އިޢުލާން

 

 

 

ނަމްބަރ: (IUL)304-MS/304/2020/80

ތާރީޚް: 25 އޮކްޓޫބަރ 2020

ރ. ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު އާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކުރުމާއި ގުޅޭ

 

                

 ރ. ދުވާފަރުގައި ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ދެނެގަތުމުގެ ގޮތުން ހެދޭ ރިޕޯޓްގެ މަސައްކަތުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭނުންވާތީ، 25 އޮކްޓޫބަރ 2020 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 8:45 ގައި މިކަމާއި ގުޅޭގޮތުން ބޭއްވޭ ބައްދަލުވުމެއް ރ. އަތޮޅު މަދަރުސާގެ ހޯލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ރ. ދުވާފަރުގެ ލޮބުވެތި ރައްޔިތުން ބައިވެރިވެލެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ މި މަޝްރޫޢުގެ ސާރވޭ ކުރިއަށް ގެންދިޔަ ލޭންޑު އެންޑް މެރިން އެންވަޔަރަންޓް ރިސޯސް ގްރޫޕް (ލޭމަރ)ގެ ފަރާތުންނެވެ.

މިއީ ، މުޅި ރާއްޖެއަށްވެސް ޞިއްޙީ ނުރައްކަލުގެ ހާލަތު ދިމާވެފައިވާ ދުވަސްވަރަކަށްވާތީ، މި ބައްދަލުވުމަށް ވަޑައިގަންނަވާއިރު ހުރިހާ ރައްޔިތުންވެސް މާސްކު އަޅުއްވައިގެން ބައްދަލުވުމަށް ވަޑައިގަތުމަށް ނަސޭހަތްތެރިވަމެވެ.

 

                        08 ރަބީޢުލްއައްވަލް 1442

                        25 އޮކްޓޫބަރ 2020   

25 އޮކްޓޫބަރު 2020
ހޯދާ