މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫން ދޫުކުރުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓް ލިބުނު ފަރާތްތައް ކަނޑައެޅި ލިސްޓް އާއްމުކުރުން

                                     ނަންބަރު: IUL)321/321/2020/138)

އިޢުލާން

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ.ތުޅާދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގް ޔުނިޓުގެ ތެރެއިން 50 ގެ ކަށަވަރުވެފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް، ކައުންސިލްގެ ގޯތި ވިލަރެސް ކުރާ ކޮމިޓީގެ 136 ވަނަ ޢާއްމު ބައްދަލުވުމުން 2020 އޮކްޓޯބަރ 23 ވަނަ ދުވަހު ވަނީ ފައިނަލް ކޮށްފައެވެ.  އަދި، އެ ލިސްޓް ކައުންސިލުން ފާސްކުރުމަށް ބޭއްވުނު ކައުންސިލްގެ 163 ވަނަ އާއްމު ބައްދަލުވުމަށް ހުށަހަޅާ ތުޅާދޫގައި ޢިމާރާތް ކުރާ 50 ގެ ދޫކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ހައުސިންގް ޔުނިޓް ދޫކުރުމަށް ކަނޑައަޅާފައިވާ އުޞޫލާއި ޝަރުޠުތަކާއި އެއްގޮތަށް 50 ހައުސިންގް ޔުނިޓަށް އެދުނު ފަރާތްތަކުގެ މެދުގައި އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް އިސްކަންދީގެން 50 ގެ ލިބުނު ފަރާތްކަމަށް ކަނޑައަޅައި، އެ ލިސްޓް ޞައްޙަކަމަށް ވަނީ ފާސްކުރެވިފައެވެ.

 ވީމާ، މި އިޢުލާނާއިއެކު، އެ ލިސްޓް ޢާއްމުކުރީމެވެ.

06  ރަބީޢުލްއައްވަލް  1442

23 އޮކްޓޫބަރު 2020
ހޯދާ