މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮވިޑް-19 އަށް ޕޮސިޓިވްވާ ފަރާތްތައް މާލެ އަދި ހުޅުމާލޭގައި ބޭތިއްބުމަށް އެކަމަޑޭޝަން ހޯދުމާ ގުޅޭ

ކޮވިޑް19 އަށް ޕޮސިޓިވްވާ ފަރާތްތައް މާލެ އަދި ހުޅުމާލޭގައި ބޭއްތިއްބުމަށް އެކަމަޑޭޝަން ކުއްޔަށް ހިފުމަށް މި މިނިސްޓްރީއިން ކުރި ނަންބަރ: (IUL)23-AP/23/2020/154 (12 އޮކްޓޯބަރ 2020) އިޢުލާނުގެ މަޢުލޫމާތަށް ބަދަލުއައިސްފައިވާތީ، ކުރިން ކުރެވުނު އިޢުލާން ބާޠިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 22 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 01 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައި ދަރުބާރުގޭގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

04 ރަބިއްޢުލްއައްވަލް 1442

21 އޮކްޓޫބަރު 2020
ހޯދާ