ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ޅ. ހިންނަވަރު
އިޢުލާން
ހިންނަވަރު ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަމްބަރު : (IUL)326/PRIV/2020/3 ބާޠިލް ކޮށް އަލުން އެ އިޢުލާން ކުރުން
ހިންނަވަރު ކައުންސިލްގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލް އިދާރާގެ ބައެއް މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތާއި ގުޅޭގޮތުން ކައުންސިލް އިދާރާއިން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް، މި އިޢުލާން އާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި 21 އޮކްޓޯބަރ 2020ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރުފަހު 14:00އަށް ހިންނަވަރު ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.
ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ހިންނަވަރު ކައުންސިލް އިދާރާ ޢިމާރާތުގެ ބައެއް މަރާމާތުކުރުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިކަމާބެހޭގޮތުން ގަޑިޖެހުމުގެފަހުން ހުށަހަޅާ ޕްރޮޕޯސަލްތަކާއި މަޢުލޫމާތު ޞައްޙަނުވާ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
04 ރަބީޢުލް އައްވަލް 1442
21 އޮކްޓޯބަރ 2020