ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ބ. ކަމަދޫ ، ދިވެހިރާއްޖެ.
Secretariat of the South MaalhosmaduluKamadhoo Council
Baa.kamadhoo,Rep.Of Maldives
ނަންބަރ: IUL)314-SS/INDIV/2020/46)
އިޢުލާން
އަންދާސީ ހިސާބު ހޯދުން
1. މިރަށު ވޮލީކޯޓް ޒަމާނީ ފެންވަރަކަށް ތައްޔާރު ކުރުމުގެ ގޮތުން ވޮލީކޯޓްގެ ޕިޗް އެޅުމާއި ލައިޓް ޕޯސްޓްތަކާއި ނެޓް ޕޯސްޓްތައް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ. އަދި މިމަސައްކަތަށް ބޭނުންވާ ސާމާނު (މެޓީރިއަލްސް) ފޯރުކޮށްދޭނީ މިކައުންސިލުންނެވެ.
2. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން [email protected] މެއިލް ކުރުމުން ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ.
3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވަނަމަ 2020 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ.
4. މި މަސައްކަތާއިގުޅޭ އެންމެހާ ސަޕޯރޓިން ޑޮކިޔުމެންޓްސް ރެޖިސްޓްރީވާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ފޯރުކޮށްދެވޭނެއެވެ.
5. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 ނޮވެންބަރު 2020ވާ ހޯމަ ދުވަހުގެ 13.00 ގައި ކަމަދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.އަދި ސިޓީއުރައިގެ ބޭރުގައި "ވޮލީކޯޓް ޕިޗް އެޅުމުގެ މަސައްކަތް ކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ފޮޓޯކޮޕީ / ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއާއި ކުންފުނީގެ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާމީހެއްގެ މުއްދަތު ހަމަނުވާ އައިޑީކާޑްގެ ދެފުށުގެ ކޮޕީގެ އިތުރުން، އިއުތިރާޒެއް ނެއްކަމުގެ ލިޔުން ހުށަހަޅާންވާނެއެވެ.
މިކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރ 6600051 ފޯނާ ރަސްމީގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ
04 ރަބީޢުލްއައްވަލް 1442
21 އޮކްޓޫބަރު 2020