ދިވެހިރާއްޖެ
އިޢުލާން
ވަޤްފް ޕްރޮޕަޓީ ފަންޑެއް ތައްޔާރު ކުރުމުގައި އެހީތެރިވެދޭނެ ޕްރޮފެޝަނަލް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއްޖެ:
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ވަޤްފް ޕްރޮޕަޓީ ފަންޑެއް ތައްޔާރު ކުރުމުގައި އެހީތެރިވެދޭނެ ޕްރޮފެޝަނަލް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމަށް ރަޖިސްޓްރީ ވުން:
ބީލަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް 21 އޮކްޓޯބަރ 2020 ން 26 އޮކްޓޯބަރ 2020 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް 'ބީލަން ރަޖިސްޓްރީ ފޯމް' ޑައުންލޯޑް ކުރައްވައި ފުރިހަމަ ކުރުމަށްފަހު މި ކޯޕަރޭޝަންގެ އީމެއިލް ([email protected]) އަށް ނުވަތަ ރިސެޕްޝަނަށް ފޯމު ހުށަހަޅައި ރަޖިސްޓްރީ ކޮށް ދެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ވެވޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ލިންކު:
http://mhcl.mv/wp-content/uploads/2020/10/REGISTRATION-FORM-FOR-BIDS.pdf
ބީލަމާބެހޭ މަޢުލޫމާތު ދިނުން
28 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު ދިހަ ގަޑި ސުންމިނެޓް (10:00) ގައި، އޮންލައިންކޮށް ޒޫމް މީޓިންގ އެއްގައި ކުރިއަށް ގެންދެވޭނެ އެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ކަރުދާސް ހުޅުވުން
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 05 ނޮވެމްބަރު 2020 ވާ ބުދަ ދުވަހުގެ ހެނދުނު ދިހަ ގަޑި ސުންމިނެޓު (10:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އެޑްރެސް: |
މ. ފުރަންކަރަ، 3 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ |
ފޯނު ނަންބަރު: |
3011000 960+ |
މުޢާމަލާތު ކުރަންޖެހޭ ފަރާތް: |
އައިޝަތު ޤާހިރު |
އީ-މެއިލް: |
|