ދިވެހިރާއްޖެ
ނަންބަރ: GS43-B/2020/11
ބީލަން ހުށަހެޅުމުގެ ދައުވަތު |
މިސްކޫލްގެ ކްލާސްރޫމް ކުޑަދޮރުތަކުގެ ތެރެއިން ޖާލި ނުޖަހައިހުރި ކްލާސް ތަކުގައި ޖާލި ޖެހުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ބީލަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 22އޮކްޓޯބަރ2020 އިން 28އޮކްޓޯބަރ2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
2- ރަޖިސްޓްރީ ނަންބަރު.
3- އީމެއިލް އެޑްރެސް.
4- ގުޅޭނެ މޯބައިލް ނަންބަރު.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 01ނޮވެމްބަރ2020 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބިޑް ހުޅުވުން އޮންނާނީ 05ނޮވެމްބަރ2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
ފޯން: 7030-688
އީ-މެއިލް: [email protected]