ދިވެހިރާއްޖެ
ކެނދިކުޅުދޫއިން ބަންޑާރަ ގޯތިދޫކުރުމަށް މިކައުންސިލުން 15 ސެޕްޓެމްބަރު 2020 ގައި ކުރެވުނު ނަމްބަރު(IUL)286-MP/286/2020/47 އިޢުލާނާއި ގުޅިގެން ކޮވިޑް19ގެ ސަބަބުން ފޯމް ހުށަހެޅުމަށާއި ސަރުކާރުގެ އެކި އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށް މިހާލަތުގައި ދަތިތަކާއި ކުރިމަތިލާންޖޭ ކަމަށް މިކައުންސިލަށް ފެންނާތީ އެމުއްދަތު އިތުރުކޮށް އަލުން އެފުރުސަތު ހުޅުވާލީމެވެ. މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރާ ގޯއްޗަށް އެދޭ ފަރާތްތަކުން މިކައުންސިލުން ފޯމް ނެންގެވުމަށްފަހު 28 އޮކްޓޯބަރު 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ. ފޯމް ދޫކުރާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށެވެ. އަދި ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 އުން މެންދުރުފަހު 13:00 އަށް ފޯމް ބަލައިގަނެވޭނެއެވެ.
އަދި މިފުރުސަތުގައި ކުރިން ފޯމްހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކުށުގެ ރެކޯޑް ފޯމްއާއި އެނޫންވެސް މައުލޫމާތު ފުރިހަމަ ނުވާފަރާތްތަކަށްވެސް އެފުރުސަތު ހުޅުވިފައިވާ ވާހަކަ ދެންނެވީމެވެ.
ގޯތިދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:
- ކުޅޫދޫ އަވަށު ފުޓްބޯޅަދަނޑުގެ އުތުރުން 100 ގެވަޅު (ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ތެރެއިން)
- ކެނދިކޮޅު އަވަށު ބެރެބެދިހިނގުމުން ) އާމިސްކިތުގެ އުތުރުން ، އިރަށް އޮންނަ ބޮޑު ގޯޅި ) އިރަށް އޮންނަ "ނެލް" ގެވަޅުގެ އިރުމަތީފަރާތުން އިންވެގެން ދެކުނަށް ކެނދިކޮޅު "ސައިމާގެ" އާއި ހިސާބަށް 100 ގެވަޅު (ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ތެރެއިން)
ގޯއްޗަށް އެދޭމީހުންގެ ކިބައިގައި ހުންނަންވާނެ ޝަރުތުތައް:
- ދިވެހިރައްޔިތެއް ކަމުގައިވުން .
- ޢުމުރުން 18 އަހަރުވެފައިވާ ފަރާތަކަށްވުން .
- ކައިވެނީގެ ގޮތުން ގުޅި ދިރިއުޅުމެއް ފަށާފައިވާ މީހަކު ކަމުގައިވުން
- ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން
-
- ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޯޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން.
- ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.
- ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް، ގޯއްޗަކުން ބައެއް، ހައުސިންގ ޔުނިޓެއް ނުވަތަ ސަރުކާރުން ދޫކުރާ ފްލެޓެއް ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިނުވުން .
- ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް، ގޯއްޗަކުން ބައެއް، ހައުސިންގ ޔުނިޓެއް ނުވަތަ ސަރުކާރުން ދޫކުރާ ފްލެޓެއް ލިބިފައިނެތުން.
ދެމަފިރިންނަށްވެސް ގޯއްޗަށް އެދި ފޯރމް ހުށަހެޅިދާނެއެވެ.
ޕޮއިންޓް ލިބޭ މިންވަރަށް ބަލާ އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ ގޯތިދޫކުރެވޭނީ އޭގެތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ. ޕޮއިންޓްގެ ގޮތުން ދެފަރާތް އެއްވަރުވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ ދެފަރާތުގެ މެދުގައި ވާހަކަދައްކައިގެންނެވެ. ދެފަރާތުން ވާހަކަދައްކައިގެން ގޮތެއް ނުނިމިއްޖެކަމުގައި ވާނަމަ ދެމަފިރިންނަށް ލިބޭ ގޯއްޗެއް (އެއްމެދު) ގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް ދެފަރާތަށް އެއްބަސްނުވެވިއްޖެކަމުގައި ވާނަމަ ގޯތި ލިބޭފަރާތް ކަނޑައަޅާނީ ގޯތި ދޫކުރުމުގެ ކަންކަން އިންތިޒާމް ކުރާ ކޮމިޓީގެ ޙާޟިރުގައި ދެމަފިރިންގެ މެދުގައި ޤުރުއަތު ލައިގެންނެވެ.
ނޯޓް:
ގޯތި ލިބޭފަރާތްތައް ކަނޑައަޅާނީ ޕޮއިންޓް ދޭ އުޞޫލުގައިވާ ގޮތުގެ މަތިންނެވެ.
ޕޮއިންޓްދޭ އުޞޫލުތައް "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" އާއިއެކު މިއިދާރާއިން ލިބެން ހުންނާނެއެވެ.
ވީމާ ، ކެނދިކުޅުދޫއިން ގޯތި ބޭނުންވާ އެންމެހައި ފަރާތްތަކުން މިކަމަށް އެދޭ ފޯމް ހުށަހެޅުމަށް ދެންނެވީމެވެ. މީގެ ކުރިން ގޯއްޗަށް އެދި ހުށަހަޅާފައިވާ ( މިހާތަނަށް ގޯތި ނުލިބޭ ފަރާތްތައް ) ފަރާތްތަކުންވެސް އަލުން ފޯމް ހުށަހެޅުމަށް ދެންނެވީމެވެ. ކެނދިކުޅުދޫ އިން ގޯތި ދޫނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާތީވެއާއި ކުރިން ހުށަހަޅާފައިވާ ފޯމްތަކުގައިވާ މަޢުލޫމާތުތަކަށް ބޮޑެތި ބަދަލު ތަކެއް މިހާރު އައިސްފައިވާނެތީވެ އެފޯމްތަކަށް ޢަމަލު ނުކުރާނެ ވާހަކަވެސް ދެންނެވީމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
02 ރަބީއުލްއައްވަލް 1442
19 އޮކްޓޯބަރު 2020