ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ޤާއިމްކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ޤާއިމްކުރުން:
- މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ހަދަން ބޭނުންވާތީވެ، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސަތްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2020 އޮކްޓޫބަރު 19 ން 2020 އޮކްޓޫބަރު 21 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ލިންކު: https://forms.gle/GEBpSeAj9abJtgnp6
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ސައިޓް ބަލަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮންނާނީ 2020 އޮކްޓޫބަރު 24 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި މާލޭ އިރުދެކުނުފަރާތު ސްވިމިންގ ޓްރެކްގައެވެ.
- ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20000 (ވިހިހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00 ގައިސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފްމޯލްޑިވްސް
ޤައުމީ ފުޓްބޯޅަ ދަނޑު
ސަބްނަމް މަގު
ފޯން: 9947802، 3324229
އީ-މެއިލް: [email protected]
18 އޮކްޓޫބަރު 2020
ހޯދާ