ދިވެހިރާއްޖެ
މިރަށުން ދިރިއުޅުމަށްޓަކައި 23 ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާ މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2018/43 އިޢުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ޕޮއިންޓް ޝީޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބިފައިވާ ޝަކުވާ ފޯމްތަކަށް ބަލާ ގޯތި ލިބޭ މީހުންގެ ލިސްޓް މުރާޖާކޮށް، ދާއިމީ ލިސްޓް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ގޯތި ލިބުނު ފަރާތްތަކުގެމެދުގައި ބާއްވާ ގުރުއަތުނެގުން 22 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގައި މިކައުންސިލްގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.
މިލިސްޓާއި ބެހޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް 20 އޮކްޓޯބަރ 2020 ވާ އަންގާރަދުވަހުގެ 13:00 ކުރިން އެޝަކުވާއެއް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރު 6580072 ފޯނާއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.