ދިވެހިރާއްޖެ
ނަންބަރު: IUL)321-A/321/2020/128)
އިޢުލާން
ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 88 ގޯތީގެ ވަގުތީ ލިސްޓް އާއްމުކުރުން
ބ.ތުޅާދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 88 ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް، މިއިޢުލާނާއިއެކު އާއްމު ކުރީމެވެ.
ވީމާ، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވައިލައިފީމެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ނޮވެމްބަރ 08 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. ލިސްޓަށް ޝަކުވާ ހުށަހަޅަން ވާނީ ސިޓީއަކުން ކައުންސިލްގެ އިދާރާއަށެވެ. އަދި، އީމެއިލްގެ ޒަރީއާއިން ޝަކުވާ ސިޓީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ފޮނުއްވުމުން ބަލައިގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި، ޝަކުވާއަށް އެދި ހުށަހަޅާ ސިޓީގައި ޝަކުވާ ހުށަހަޅާ ފަރާތުގެ ފޯނު ނަންބަރާއި އައިޑީ ކާޑު ނަންބަރު އޮންނަންވާނެއެވެ. އަނގަބަހުންނާއި، ފޯނުން ހުށަހެޅޭ ޝަކުވާތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
28 ޞަފަރު 1442