ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދ.މީދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް
ދ.މީދޫ ކައުންސިލް ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއިބެހޭ
ދ.މީދޫ ކައުންސިލް ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)375/375/2020/21 (29.09.2020 ) އިޢްލާނު ގެޒެޓުގައި ކުރެވިފައިނުވާތީ އެ އިޢްލާނު ބާޠިލް ކުރުމަށްފަހު އަލުން ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ސެކިއުރިޓީ ބަލަހައްޓަން ޖެހޭނީ ހަވީރު 6.00 ން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6.00 އަށެވެ.
ވީމާ މިކަމަށް ޝަޢުޤު ވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްތަކުގައި މަޢުލޫމާތު ސާފުކުރައްވައި އެސްޓިމޭޓް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- މަޢުލޫމާތު ސާފުކުރުން 19.10.2020 ވާ ހޯމަ ދުވަހުގެ 13.00 ގައި ކައުންސިލް އިދާރާގައި
- އެސްޓިމޭޓް ހުށަހެޅުއްން 21.10.2020 ވާ ބުދަ ދުވަހުގެ 13.00 އަށް
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
15 އޮކްޓޫބަރު 2020
ހޯދާ