މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް އެކްޓިވިޓީ ޔުނިފޯމް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS191/IUL/2020/18 (12 އޮކްޓޯބަރ 2020) އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދައް މީހުން ހާޟިރުވެފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

މިސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް 2 އަހަރު ދުވަހުގެ މުއްދަތައް އެކްޓިވިޓީ ޔުނިފޯމް އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚަށް މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވުން އެދެމެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ސަރުކާރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި، ކުލަބު ޖަމްޢިއްޔާތަކަށް އެކަންޏެވެ. އަމިއްލަ ފަރުދުންގެ ނަމުގައި ކުރިމަތި ނުލެވޭނެއެވެ.

މަސައްކަތުގެ މަޢުލޫމާތު ދިނުން

22 އޮކްޓޯބަރ 2020 ބުރާސްފަތި

ގަޑި: ހެނދުނު 10:00

އަގު ހުށަހެޅުން

28 އޮކްޓޯބަރ 2020 ބުދަ

ގަޑި: ހެނދުނު 10:00

   

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ދެވޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7970739 ނަމްބަރ ފޯނާއެވެ.

15 އޮކްޓޫބަރު 2020
ހޯދާ