ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު

     ނަންބަރ: (IUL)380/2020/14

އިޢްލާން

މަޤާމް:

މިސްކިތު މަސައްކަތު ( މަސްޖިދުލްހުދާ، މަސްޖިދުލް ޒިކުރާ)

މަޤާމު ނަންބަރު:

J-308924

J-308006

ބޭނުންވާ ޢަދަދު:

2 (ދޭއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ގިންތި:

ދާއިމީ

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް

މަހަކު -/1200 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,000 ރުފިޔާ

ޔުނިޓް:

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަސްޖިދުލް ޒިކުރާ، މަސްޖިދުލްހުދާ

އޮފީސް

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން ދަތުމާއެކު މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

 

 

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

 

 

 

  1. ކޮންމެ ފަރުޟު ނަމާދެއްގެ  ވަގުތު ޖެހުމުގެ 15 މިނެޓް ކުރިން މިސްކިތަށް ޙާޒިރުވެ މިސްކިތް ސާފުކުރަންފެއްޓެވި، ގަޑިޖައްސަވައި، ސޮއި ކުރެއްވުން. އަދި ނަމާދު ވަގުތު،ނިމުމުން މަސައްކަތްކުރަންޖެހޭ، 15 މިނެޓް ، މިސްކިތް ސާފުކުރުމުގެ މަސައްކަތް ފެއްޓެވި ގަޑި،އާއި، މަސައްކަތް ނިންމެވި ގަޑި ޖައްސަވައި، ސޮއިކުރެއްވުން. މިގޮތުން ކޮންމެ ފަރުޟު ނަމާދަކާއި ގުޅިގެން (ޖުމްލަ 30 ) މިނެޓް ގެ ވަގުތު މިސްކިތް ސާފުކުރުމުގެ މަސައްކަތުގައި،ހޭދަކުރުން.
  2. މިސްކިތުގެ ބޭރާއި، ފާޚާނާއާއި، ވުޟޫކުރާ ތަނާއި، ވަޅުދޮށާއި، ގޯތިތެރެއާއި، އިމުންފެށިގެން މަގުގެ ދެބައިކުޅަ އެއްބައި ، ކުނިކަހާ،ސާފުކޮށް ބެލެހެއްޓުމަށް ދުވާލަކު 2.30 (ދެގަޑިތިރީސް) މިނެޓް ގެ ވަގުތު ހޭދަކުރުން
  3. ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދާއި،ކަށުނަމާދާއި، ތަރާވީޙު ނަމާދު ކުރުމުގެ ވަގުތު ޖެހުމުގެ 15 މިނެޓްގެ ކުރިން މިސްކިތައް ޙާޒިރުވެ މިސްކިތް ފޮޅާ ސާފުކުރުމާއި، ޖަމާޢަތުގައި ނަމާދުކުރާ ވަގުތުގައި، ފަންކާއާއި،ލައިޓްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމާއި،އެކަމެއް ނިމުމުން ނިވާލުމާއި،ޢިޝާނަމާދުގެ ޖަމާޢަތަށްއަރާ މީހުން ފައިބާނިމުމުން މިސްކިތުގެ ކުދިދޮރާއި،ބުޑުދޮރުތައް ލައްޕާލުން.  
  4. މިސްކިތް ޒީނަތްތެރި ކުރުމައްބޭނުންކުރާ ބަނޑިޔާތަކާއި، މެންބަރާއި، ފިޓިންގްސް ފަދަ އެއްޗަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން މިސްކިތާ ޙަވާލުވެ ހުރި ސްޕަވައިޒަރުގެ މަޝްވަރާގެމަތިން ކައުންސިލްގެ އިދާރާއައް ހުށަހަޅައިގެން އެކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުން.
  5. މިސްކިތުގެ އިމާރާތާއި، މިސްކިތުގެ ހޯލްތެރެއާއި މިސްކިތާ އިންވެގެންހުރި ހިނަވާގެ ހިމެނޭ ސަރަޙައްދުގައިވާ އެންމެހާ ތަންތަން ސާފްކޮށް ބެލެހެއްޓުމާއި، މިއިން ތަނަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ސްޕަވައިޒަރު މެދުވެރިކޮށް ކައުންސިލް އިދާރާއަށް އަންގައި އެކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރުން.
  6. މިސްކިތުގެ ގޯތީގައި،ގަސްއިންދުމާއި،ގަސްތަކައްފެންދިނުމާއި، މީހުންނަށާއި ދުއްވާތަކެއްޗައް ދަތިނުވާގޮތައް ގަސްތައްކޮށާ ސާފްކޮއް ތާހިރުކަންމަތީ ބެލެހެއްޓުން.
  7. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓްރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  8. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

އެހެނިހެން އެލަވަންސް އަދި އިނާޔަންތައް

ހަމަޖެހިފައިވާ އުޞޫލްތަކާއި އެއްގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި، ތަމްރީން

ލިބިފައިވާ ތަޢުލީމް މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީން

25

30

 

21

5

 

26

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަވިއު / ޕްރެކްޓިކަލް

100

48

48

ޖުމްލަ

 

185

100

100

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

%35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކުރިޕްޓްގެ ކޮޕީ.

(ހ) ތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ: 

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ:
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ
  3. . މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް  އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓް، www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 04 ނޮވެމްބަރ 2020 އިން 12 ނޮވެމްބަރ 2020 އާ ދެމެދު، ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ، ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާގެ 6760595 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ،[email protected] އެޑްރެހަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27  ޞަފަރު    1442

14  އޮކްޓޯބަރ   2020

14 އޮކްޓޫބަރު 2020
ހޯދާ