މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހުރާއިން ގޯއްގަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކުރުން

ކ.ހުރާއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކުރުން

           ކ.ހުރާއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް މި އިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)334/334/2019/154 (26 ޑިސެންބަރ 2019 ) އާއިގުޅިގެން ހުށަހެޅުއްވި 204ފޯރމްއަށް

ލިބިފައިވާ ޕޮއިންޓާ މެދު ޝަކުވާ ހުށަހެޅުމަށް މުއްދަތު ދިނުމަށްފަހު،ފޯމު ހުށައަޅާފައިވާ  މީހުންގެ ތެރެއިން ޝަރުތު ހަމަވާ 111ފަރާތުގެ ދާއިމީ ލިސްޓް މި ޢިއުލާނާއިއެކު ޢާންމު ކުރީމެވެ.

         ވީމާ، ގޯތިލިބޭ ފަރާތްތަކުގެ މެދުގައި ބޭއްވޭ ގުރުއަތުލުން 25 އޮކްޓޯބަރ 2020ވާ އާދީއްތަ ދުވަހުގެ 13.00ގައި ހުރާ ކައުންސިލްގައި ބޭއްވުމަށް ހުރާ ގޯތި ކޮމިޓީން ނިންމާފައިވާ ކަމުގައި ދަންނަވަމެވެ.

އަދި، ޝަރުޠު ހަމަވެފައިވީ ނަމަވެސް ގޯތި ލިބޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 90ފަރާތަށް ކަމުގައިވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.

13 އޮކްޓޫބަރު 2020
ހޯދާ