ދިވެހިރާއްޖެ
ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލައް ، ދިވެހިރާއްޖެ
GNFH: (I)(I)AP/2020/10 :ނަންބަރ
އިޢުލާން
ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތްތަކާއި ފާރުތަކާއި ގޯތިތެރެ ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުން ކުނިނަގައި ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:
މި ހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލު ހިމެނޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،
26 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރުމަށް އޮންނަދުވަހު ހާޟިރުވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ) ކުންފުނި/ވިޔަފާރިތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ދުވަހު ކުންފުނި/ވިޔަފާރިތަކުން ފޮނުވާ މަންދޫބަކީ ކާކުކަން އެނގޭނޭ (ކުންފުނި/ވިޔަފާރީގެ ރަސްމީ ލެޓަރހެޑްގައި ލިޔެ ތައްގަޑު ޖަހާފައިވާ) ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ.
26 ޞަފަރު 1442ހ
13 އޮކްޓޯބަރ 2020މ.
އަޙުމަދު ސަޢީދު
މެނޭޖަރ، ހެލްތް ސާރވިސަސް