މި އޮފީހުގެ ނަންބަރު (IUL)426-2A/426/2020/240 އިއުލާނުގެ މަޤާމުގެ ޝަރުޠުތަކަށް ގެނައި އިޞްލާޙާއި ގުޅިގެން މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.
|
މަޤާމް
|
މުނިސިޕަލް އިންސްޕެކްޓަރ
|
ބޭނުންވާ ޢަދަދު:
|
06 (ހަޔެއް)
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ވަގުތީ (31 ޑިސެންބަރު 2020 ގެ ނިޔަލަށް)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހިތަދޫ އަވަށު އޮފީސް ، ހިތަދޫ / އައްޑޫ
|
މުސާރަ:
|
4465/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1500/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ތިމާވެށި ޙިމާޔަތް ކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ވަގުތީގޮތުން މަގު ބަންދުކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެޔަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- މަގުމަތި ކުނިކެހުމާބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- އޮޑިހަރުގެއާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާ ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- އާންމު އުނދަގުލާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތަށް ބޭއްވުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ރަށާއި ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- އައްޑޫގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެހި ދުއްވުމާއި ބޭނުންކުރުމާބެހޭ ގަވާއިދާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކްކުރުމާއި ޕާކްކުރުމުގެ ފީ ނެގުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- މަގުމަތި ކުނިކެހުމުގެ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ގޯތި ގެދޮރާއި އިމާރާތްކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- އައްޑޫގައި ގާޑީޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- އައްޑޫގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމުގެ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- އައްޑޫ ސިޓީ ކައުންސިލްގެ އެހެނިހެން ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
- އައްޑޫ ސިޓީ ކައުންސިލްގެ އެހެނިހެން ޤަވާޢިދުތަކުގެ ތެރެއިން ކައުންސިލުން ކުރަންޖެހޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ މަސައްކަތްތަށް މޮނިޓަރކޮށް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުތުތައް:
|
ލިޔަން ކިޔަންދަތުމާއެކު، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާއާއި ހުނަރު ހުރި (ލޯ އެންފޯސްމެންޓް / ފަޔަރ އެންޑް ރެސްކިއު / މުނިސިޕަލް ފަދަ) ދާއިރާތަކުގެ 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 25 އަހަރާއި 50 އަހަރާއި ދެމެދުގެ މީހަކަށް ވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމު %20
- ތަޖުރިބާ %35
- އިންޓަވިއު %40
- ތަމްރީނު %5
ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ %45 (ސާޅީސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 އޮކްޓޯބަރ 21 ވާ ބުދަ ދުވަހު 14:00 ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 އޮކްޓޯބަރ 25 އާއި 2020 ނޮވެމްބަރ 05 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ %33 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885753 ނަންބަރު ފޯނާއެވެ.
|
25 ޞަފަރު 1442
|