މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫއިން ގެވަޅު ދޫކުރަން ކަނޑައެޅިފައިވާ 2 ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއިބެހޭ
ނ.ކެނދިކުޅުދޫ އިން އަލަށް ގެވަޅު ދޫކުރަން ކަނޑައެޅިފައިވާ 2 ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން ، މިކައުންސިލްއިން ދޫކުރާ ފޯމު ފުރިހަމަ ކުރުމަށް ފަހު މިހިނގާ އޮކްޓޫބަރު މަހުގެ 28 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުމަށް ދެންނެވީމެވެ.
ގެވަޅުދޫކުރުމަށް ބިން ސާފުކުރުމަށް ރުއްގަހުގައި ނަންބަރު ޖެހިފައިވާ ސަރަހައްދުތައް (ކުޅުދޫ އަވަށް)
- ކުޅުދޫ އަވަށު ނާސިޔާ މަގުން އުތުރަށް، ހުޅަނގު ފަރާތު އަތިރިމަތިން އުތުރުގައިވާ ސަރަހައްދު. (މި ރުއްގަހުގައި ނަންބަރު ޖަހާފައިވާނީ ނަންބަރު 1 އާއި 578 އާއި ދެމެދު، ފެހިކުލައާއި ރަތްކުލައިންނެވެ.)
- ކުޅޫދޫ އަވަށު ބޯޅަދަނޑުގެ އުތުރުން، ކުރިން ދޫކޮށްފައިވާ ގެވަޅުތަކުގެ ހުޅަނގުގައިވާ ސަރަހައްދު. (މި ރުއްގަހުގައި ނަންބަރު ޖަހާފައިވާނީ ނަންބަރު 1 އާއި 578 އާއި ދެމެދު، ފެހިކުލައިންނެވެ.)
ގެވަޅުދޫކުރުމަށް ބިން ސާފުކުރުމަށް ރުއްގަހުގައި ނަންބަރު ޖެހިފައިވާ ސަރަހައްދުތައް (ކެނދިކޮޅު އަވަށް)
- ކެނދިކޮޅު އަވަށުގައި ކުރިން ދޫކުރި ގެވަޅުތަކުގެ އިރުމަތީ ފަރާތުން އައްސޭރިހިނގުމުން ފެށިގެން އުތުރަށް ގޮސް ހިރިޔާހިނގުމާއި ހިސާބަށް އޮތް ސަރަހައްދު. (މިރުއްގަހުގައި ނަންބަރު ޖަހާފައިވާނީ ނަންބަރު 1 އާއި 1000 އާއި ދެމެދު، އަދި A1 އާއި A156 އާއި ދެމެދު، ފެހިކުލައިންނެވެ.)
މިކަމަށް ބޭނުންވާ ފޯމް 13 އޮކްޓޫބަރ 2020 އިން ފެށިގެން ރަސްމީ ގަޑީގައި މިކައުންސިލްގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
12 އޮކްޓޫބަރު 2020
ހޯދާ