މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސަރުކާރުގެ ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނެސްދޭނެ 03 އެޖެންސީއެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ސަރުކާރުގެ ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނެސްދޭނެ 03 އެޖެންސީއެއް 02 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ  ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2020 އޮކްޓޫބަރު 12 ން 2020 އޮކްޓޫބަރު 19 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ބިޑް ރަޖިސްޓްރޭޝަން  ފޯމް ހުށަހެޅުއްވުމަށްފަހު -/200 (ދުއިސައްތަ) ރުފިޔާ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް2020 އޮކްޓޫބަރު 20ވަނަ ދުވަހުގެ 14:00 ގެ ކުރިން ދެއްކުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.

ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://www.myoffice.mv/forms/moe

3. ބީލަމުގައި ބައިވެރިވުމަށް ފައިސާ ބަލައިގަންނާނީ 2020 އޮކްޓޫބަރު 12 ން 2020 އޮކްޓޫބަރު 20 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސްގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. ފައިސާ ދެއްކުމުގައި ޢަމަލުކުރަންވީ ގޮތް މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

4. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv  އިން 2020 އޮކްޓޫބަރު 12 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

5. މިބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/5000 ދިވެހި ރުފިޔާ (ފަސްހާސް ދިވެހި ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރުން) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ.

6. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2020އޮކްޓޫބަރު 20ވާ ހޯމަ  ދުވަހުގެ 18:00ގެ ކުރިން، 9 ވަނަ ނަންބަރުގައިވާ އީމެއިލް އެޑްރެހަށެވެ.

7. ޕްރީ ބިޑް މީޓިންގ އޮންނާނީ 2020 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގޫގަލް މީޓް މެދުވެރި ކޮށެވެ. ބީލަމުގައި ރަޖިސްޓްރީވާ ހުރިހާ ފަރާތްތަކަށް  ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ފޮނުވާނެއެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2020 ނޮވެންބަރު 01 ވާ އާދިއްތަ ދުވަހުގެ 11:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 01 ގައެވެ.

9. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޕްރޮކިއުމަންޓް ސެކްޝަން

  މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  ވެލާނާގެ، 8 ވަނަ ފަންގިފިލާ

  އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

  ފޯން:3341436,3341403

  އީ-މެއިލް: [email protected]

  ކޮޕީ-މެއިލް: [email protected]

  ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://www.myoffice.mv/forms/moe

12 އޮކްޓޫބަރު 2020
ހޯދާ