މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އިމުގާ މެދުވެރިކޮށް ޑިޕްލޮމެޓިކް ޕާސްޕޯޓު އަދި އޮފިޝަލް ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހެޅުމާއި ގުޅޭ

ސަރކިއުލަރ

އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށް ދިވެހި ޕާސްޕޯޓަށް ހުށަހެޅުމުގެ ޚިދުމަތް ފެށުމާއިއެކު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޕާސްޕޯޓު ނިސްބަތްވާ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާ އޮފީހަކުން އިމުގާގައި ރަޖިސްޓަރ ކުރެވިފައިވާ އީމެއިލް އެޑްރެހެއް މެދުވެރިކޮށެވެ. ވީމާ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށް އަމަލުކުރުމަށް ދަންނަވަމެވެ.

  1. ޕާސްޕޯޓަށް އެދި ހުށަހެޅުމަށްޓަކައި އެއޮފީހަކުން ކަނޑައަޅާ ރަސްމީ އީމެއިލް އެޑްރެހެއް، "އިމުގާ" އޮންލައިން ޕޯޓަލުގައި ރަޖިސްޓަރ ކުރެއްވުމަށްފަހު، އެ އީމެއިލް އެޑްރެސް އަދި ރަޖިސްޓަރކޮށްފައިވާ ފޯން ނަންބަރު މޯލްޑިވްސް އިމިގްރޭޝަންގެ އީމެއިލް އެޑްރެސް: [email protected]  އަށް އީމެއިލް ކުރުން.  މިގޮތުން ރަޖިސްޓަރ ކުރެވޭނީ ކޮންމެ އޮފީހަކުންވެސް އެއް (އެކެއް) އީމެއިލް އެޑްރެސްއެވެ.
  2. ދިވެހި ޕާސްޕޯޓާބެހޭ ޤަވައިދު ނަންބަރު 2017/R-83 ގެ 6 ވަނަ މާއްދާ (އޮފިޝަލް ޕާސްޕޯޓު) ގެ (ހ) ގެ (8) ،(9) އަދި (10) ވަނަ ނުކުތާ ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް އޮފިޝަލް ޕާސްޕޯޓު ހުށައެޅުމަށްޓަކައި އަދި  7 ވަނަ މާއްދާ (ޑިޕްލޮމެޓިކް ޕާސްޕޯޓު) ގެ (ށ) ގެ (3) ،(6) އަދި (8) ވަނަ ނުކުތާ ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހުށައެޅުމަށްޓަކައި، "އިމުގާ" އޮންލައިން ޕޯޓަލުގައި ރަޖިސްޓަރ ކުރެއްވުމަށްފަހު، އެ އީމެއިލް އެޑްރެސް އަދި ރަޖިސްޓަރކޮށްފައިވާ ފޯން ނަންބަރު މޯލްޑިވްސް އިމިގްރޭޝަންގެ އީމެއިލް އެޑްރެސް: [email protected]  އަށް އީމެއިލް ކުރުން.

މިކަމާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

ސިޓިޒަން ސަރވިސް ސެކްޝަން

ހޮޓްލައިން: 9555333

އީ-މެއިލް: [email protected]

11 އޮކްޓޫބަރު 2020
ހޯދާ