މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސުޒުކީ އައުޓްބޯޑް 250 ހޯސްޕަވަރ 2 އިންޖީން އޯވަހޯލްކުރުން

މިއިދާރާގެ "މަތިފަޅު" ލޯންޗްގައި އަޅާފައިވާ ސުޒުކީ އައުޓްބޯޑް 250 ހޯސްޕަވަރގެ 02 އިންޖީން އޯވަހޯލްކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން 2020 އޮކްޓޯބަރ 12 އިން 2020 އޮކްޓޯބަރ 14 ދުވަހުގެ 11:00 އަށް ރަޖިސްޓްރީވުމަށް 6720600 ނުވަތަ 7612483 ނަންބަރ ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

އަދި ބީލަމާގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މަތީގައި ދެންނެވިފައިވާ ނަންބަރުތަކާއި ގުޅުއްވައިގެން  ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2020 އޮކްޓޯބަރ 14 ވަނަ ދުވަހުގެ 13:15 ގައި ޒޫމްމެދުވެރިކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުން ކުރިއަށް ގެންދެވޭނެއެވެ. އަދި ބައްދަލްވުމުގެ ޒޫމް މީޓިންގ ގެ ލިންކް ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 13:15  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

11 އޮކްޓޫބަރު 2020
ހޯދާ