ދިވެހިރާއްޖެ
ދިވެހިބަހުގެ އެކެޑަމީއަށް ފޮތްތަކެއް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)430-DBA-I/430/2020/8 އިޢުލާނަށް އެކަށީގެންވާވަރަށް އެސްޓިމޭޓް ހުށައަޅާފައިނުވުމުގެ ސަބަބުން އެ އިޢުލާން ބާތިލުކޮށް މި ކަންކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.
މިކަމަށް އެދޭ ފަރާތްތަކުން 2020 އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހުގެ 11:00 އަށް ދިވެހިބަހުގެ އެކެޑަމީއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. މިކަމުގައި މަޢުލޫމާތު ހޯދުމަށް ގަޑިއަށް ޙާޒިރުނުވެވޭ ފަރާތްތަކަށް ވެސް މަޢުލޫމާތު ކަރުދާސް 2020 އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހުގެ 14:00 ނިޔަލަށް ދިވެހިބަހުގެ އެކެޑަމީން ދޫކުރެވޭނެއެވެ.އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކޮށް މަޢުލޫމާތު ކަރުދާސް މި އެކެޑަމީން ގެންގޮސްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ކަނޑައަޅައިފައިވާ ގަޑިއަށް ޙާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2020 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 11:00 ގައި ދިވެހިބަހުގެ އެކެޑަމީގައެވެ.