ދިވެހިރާއްޖެ
މިކުންފުނީގެ 2012 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޙިއްޞާދާރުންގެ ނިންމެވުމާއެއްގޮތަށް، 2012 ވަނަ އަހަރުގެ ޙިއްޞާދާރުންގެ އަހަރީ ޢާންމު ޖަލްސާބޭއްވުމާހަމައަށް، މިކުންފުނީގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ޙިއްޞާދާރުންގެ ޙިއްޞާތައް، މޫނުމަތީ އަގު -/100ރ (ސަތޭކަ ރުފިޔާ)ގެ ކޮންމެ ޙިއްޞާއަކަށް މޫނުމަތީ އަގު -/10 (ދިހަ ރުފިޔާ)ގެ 10(ދިހަ) ޙިއްޞާ ލިބޭގޮތަށް ޙިއްޞާ ސްޕްލިޓް ކުރުމަށްފަހު 10(ދިހަ) ޙިއްޞާއަކަށް 1 (އެކެއް) ޙިއްޞާ ބޯނަހުގެ ގޮތުގައި އެކަށައެޅިފައިވާވާހަކަ އެންމެހައި ޙިއްޞާދާރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޙިއްޞާދާރުންގެ ޙިއްޞާ އެކަށައެޅިފައިވާކަމުގެ ލިޔުން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ މެދުވެރިކޮށް ޙިއްސާދާރުންނަށް ލިބިވަޑައިގަންނަވާނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެއެވެ.
އަދި އިސްވެ ދެންނެވިފައިވާ މިކުންފުނީގެ 2012 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޙިއްޞާދާރުން ނިންމަވާފައިވާ ގޮތުގެމަތީން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމް.އެސް.ޑީ) ގައިވާ ހިއްސާދާރުގެ އެމް.އެސް.ޑީ އެކައުންޓަށް ޙިއްޞާދާރުންގެ ޙިއްޞާ ޖަމާކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމް.އެސް.ޑީ އެކައުންޓު ހުޅުވާފައިނުވާ ފަރާތްތަކުން، އެމް.އެސް.ޑީ އެކައުންޓު ހުޅުވުމުން އެމްއެސްޑީ އެކައުންޓަށް ހިއްސާދާރުގެ ހިއްސާ ޖަމާކުރެވޭނެއެވެ. އެމް.އެސް.ޑީގެ އެކައުންޓު ހުޅުވާ ފޯމު އެމް.އެސް.ޑީގެ އޮފީސް، ހ.ގަދަމޫ (3ވަނަ ފަންގިފިލާ) އިންނާއި އެމް.އެސް.ޑީގެ ވެބުސައިޓު www.msd.com.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ. ހިއްސާއާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެމް.އެސް.ޑީގެ ނަންބަރު 3306868 އަށް ގުޅުއްވުން އެދެމެވެ.