މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

މަޤާމް:            ޕްރޮޖެކްޓް އޮފިސަރ

މަޤާމްގެ ނަންބަރ:          J-297709

ބޭނުންވާ އަދަދު:      1

މަޤާމްގެ ގިންތި:      ދާއިމީ

މަޤާމްގެ ރޭންކް:      MS1

މަޤާމްގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:         އެޓޯލް ޑިވްލޮޕްމަންޓް ސެކްޝަން (އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވްލޮޕްމަންޓް ޔުނިޓް)

ވަޒީފާ އަދާކުރަންޖެހޭތަން: މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

މުސާރަ:           -/5610ރ ( ފަސްހާސް ހަސަތޭކަ ދިހަރުފިޔާ )

ސަރވިސް އެލަވަންސް:  -/2000 (ދެހާސް ރުފިޔާ)

ސަޕޯޓިންގ ކޯއެލަވަންސް: -/700 (ހަތްސަތޭކަ ރުފިޔާ) ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ

                އެލަވަންސްގެ ގޮތުގައި މުސާރައިގެ %28

 

އިތުރުއިނާޔަތްތައް:          1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

                    2.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                     3. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންއިތުރުގަޑީގެ ފައިސާ.

                     4. މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.

 

 

މަޤާމްގެ މަސްޢުލިއްޔަތު       1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް

ތަކާއި ވާޖިބުތައް:          ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް، ސެކްރަޓަރީ ޖެނެރަލްގެ ނުވަތަ

                     ސްޕަވައިޒަރުގެ އިރުޝާދުގެ މަތިން ކުރުން.

                     2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި

                       ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން.

                     3. އަތޮޅުތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ފަންޑު ހޯދުމަށް ޕްރޮޕޯސަލް ތައްޔާރު ކުރުމުގެމަސައްކަތް

                        ކުރުން.

                     4. އިދާރީ ދާއިރާގެ ފެންވަރުގައި އަތޮޅުކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކާ އެކިއެކި

                    ފަރާތްތަކާއި ވިޔަފާރީގެ މުޢާމަލާތު ހިންގުމާއިބެހޭ މަސައްކަތްތައް ކުރުމާއި، ކަމާބެހޭ ލިޔެކިޔުން

                       ބެލެހެއްޓުން.

                     5. އަތޮޅުތަރައްޤީއަށް ހިންގޭ ޕްރޮގްރާމުތައް ހިންގާނެފަރާތްތައް ހޯދުމާއި،އެފަރާތްތަކާއި އެކު އެގްރީމެންޓްތައް

                       ހެދުން.

                     6. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުނިސިޕަލް ބޮންޑާއި، ބިލާއި، މުނިސިޕަލް

                       ސެކިއުރިޓީފަދަ އެކިއެކި މާލީސެކިއުރިޓީތައް އެކަށައަޅައި އެފަދަސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް

                       މެދުވެރިކޮށް ވިއްކުމާބެހޭކަންކަން ބެލެހެއްޓުން.

                     7. އަތޮޅުކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ދަތުރުތަކާއި،އެކިދާއިރާތަކުން އަންގައިގެން ކުރަންޖެހޭ

                       ދަތުރުތައް ކުރުމާއިބެހޭ ކަންތައްތައް ހަމަޖެއްސުމާއި، ކުރެވޭ ދަތުރު ތަކުގެ ރިކޯޑު ދުވަހުން ދުވަހަށް

                       ލިޔެ ބެލެހެއްޓުން.

                    8. ތަރަށްޤީގެ ހަރަކާތްތައް ހިންގުމަށް ފައިސާހޯދުމަށް އަތޮޅުކައުންސިލުން ނަގާ ލޯނުތަކުގެ ހިސާބުތައްލިޔެ

                       ބެލެހެއްޓުން.

                    9. އަތޮޅުކައުންސިލްގެ އިދާރާގެ ކަނޑުގައިދުއްވާ އުޅަނދު ފަހަރާއި، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު

                       މަރާމާތުކުރުމާއި ،ބެލެހެއްޓުން އަދި އެފަދަ އުޅަނދުފަހަރުގެ އަހަރިފީދެއްކުމާއި، ސަލާމަތީސެޓްފިކެޓް،

                       ރޯޑުވާދިނަސްގަވާއިދުން މުއްދަތުގައި ހެއްދުން.

                   10. ކައުންސިލްއިދާރާގެ ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ މުވައްޒަފުންގެ މަސައްކަތް

                      ސުޕަރވައިޒް ކުރުން.

                   11. އަތޮޅުކައުންސިލް، ކައުންސިލްގެ އިދާރާގެ ބޭނުމަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، އަގުބެލުމާއި، އޯޑަރު

                      ފޮނުވުމާއި، ގަވާޢިދާއެއްގޮތަށް މުދާހޯދުމާއި،  ނީލަންކިޔަންޖެހޭތަކެތި ނީލަންކިޔުމާއި ބެހޭ އެންމެހާ

                       ކަންކަން ކުރުން.

                    12. އަމިއްލަފަރުދުންގެ ވިޔަފާރި ރެޖިސްޓްރޭޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

                     13. އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ ރަސްމީ މަސައްކަތުގެ

                       ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

                    

މަޤާމުގެ ޝަރުޠުތައް:   ޕްރޮޖެކްޓް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް /ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން   

               ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.         

ވަޒީފާއަށް އެންމެ ޤާބިލު  - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

ފަރާތެއް ހޮވުމަށް ބެލޭނެ - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

ކަންތައްތައް:         - މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.    

 

 

ހުށައަޅަންޖެހޭ        1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.(މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ

                  ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

ލިޔުންތައް:          2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

                3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް

                  ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

                4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

                  މަޤާމަށްހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ

                   އޮފީހުގެލިޔުން.

                 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

                    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ

                       މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް

                       ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް

                       މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

                   (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް

                       ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

                  6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

 

                  7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެ

                      ސެޓުފިކެޓުގެ ކޮޕީ.

                  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

                  (ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ  

                      ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާއަދާ

                      ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ މުއްދަތާއި، ވަޒީފާގެމަސްއޫލިއްޔަތު ބަޔާންކޮށް އެ

                      އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،

                     ވަޒީފާ އަދާކުރިމުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ

                     އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ

                     ރެފަރެންސް ޗެކު ފޯމް.

                  (ނ) އުވާލާފައިވާ ދަޢުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،

                      އަދާކޮށްފައިވާ ވަޒީފާ،

                     ވަޒީފާ އަދާކުރިމުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ

                     އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ

                     ރެފަރެންސް ޗެކު ފޯމް.  

                 

މަޤާމަށް އެދެންވީގޮތާއި   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތިހުށަހަޅާނީ 20 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00ގެ

ސުންގަޑި:          ކުރިން މިއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި

                ގަނެވޭނެއެވެ. އީ-މެއިލްއެޑްރެހަކީ[email protected] އެވެ. ސުންގަޑި ހަމަވުމުގެ

                ކުރިން ސަރުކާރުން އަލަށްބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް

                އެދޭފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކުހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި

                ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ     މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  25 އޮކްޓޯބަރ 2020  އާއި

ތަނާއި، މުއްދަތު:      28 އޮކްޓޯބަރ 2020 އާއި ދެމެދު، ނ.އަތޮޅުކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށްކުރިމަތިލާ

                ފަރާތްތަކުން،އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

 

ޝޯޓް ލިސްޓްކުރުން:        މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި،ވަޒީފާއަށް

                  ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައްޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

''ވަޒީފާއަށް ކުރިމަތިލީ         އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް

ފަރާތްތަކަށް ޕޮއިންޓް ލިބުނު      ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)'' އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި

 ގޮތުގެ ޝީޓް (A2 ފޯމު)''      އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ

 އާންމުކުރުން:             A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެންރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:    މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ

                  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނު

                    ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް

                    ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ"

                    (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

07 އޮކްޓޫބަރު 2020
ހޯދާ