ދިވެހިރާއްޖެ
ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގު ކައިރީގައި އަދި އެމަގާއި އިންވެފައިވާ ހުސްބިމުގައި ބައެއް ފަރާތްތަކުން ރުއްގަސް އިންދަމުން އަންނަކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.
"މީހުން އުޅޭ ރަށްރަށުގެ ރުއްގަހާއި ބޭހޭ ޤާނޫނު ނަންބަރު 98/21" ގެ ދަށުން މީހުންއުޅޭ ރަށްރަށުގައި ނުވަތަ ސިޓީތަކުގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކި ފަރާތްފަރާތާއި ޙަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް އިންދަންވާނީ، ކަމާބެހޭ ޤަވާއިދުތަކާއި ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެމަތިން، ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ހުއްދަ ހޯދުމަށްފަހު، ކައުންސިލަކުން ކަނޑައަޅާ ތަނެއްގައެވެ.
ވީމާ، މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގު ކައިރީގައި އަދި އެމަގާއި އިންވެފައިވާ ހުސްބިމުގައި ކައުންސިލްގެ ހުއްދަ ހޯދުމެއްނެތި ރުއްގަސް އިންދައިފައިވާ ފަރާތްތަކުން، މިއަދުން ފެށިގެން 04 ދުވަހުގެ ތެރޭގައި ރުއްގަސް ނެންގެވުމަށް އަންގަމެވެ. މިމުއްދަތުގެ ތެރޭގައި އެރުއްގަސް ނުނަންގަވައިފިނަމަ ކައުންސިލްގެ ފަރާތުން އެރުއްގަސްތައް ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެފަހުން، އިސްވެދެންނެވުނު ޤާނުނުގައި ބަޔާންކުރެވިފައިވާ ގޮތަށް ކައުންސިލުން ހުއްދަ ހޯދުމެއްނެތި ހުސްބިންތަކުގައި ރުއްގަސް ނުއިންދުމަށްވެސް އަންގާ އިޢުލާން ކުރީމެވެ.