މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ކޮޅުފުށީ ފުޓްސެލް ދަނޑުގައި ޓާފު އެޅުމާއި ފިނިޝިންގެ މަސައްކަތް

އިޢުލާން

ތާރީޚް:

06 އޮކްޓޯބަރ 2020

ނަންބަރު:

(IUL)367-AS/367/2020/110

މ.ކޮޅުފުށީ ފުޓްސެލް ދަނޑުގައި ޓާފު އެޅުމާއި ފިނިޝިންގެ މަސައްކަތް

 

މ.ކޮޅުފުށީ ފުޓްސެލް ދަނޑުގައި ޓާފު އެޅުމާއި ފިނިޝިންގެ މަސައްކަތްކޮއްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކަށް މި އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުމަށް ދަންނަވަމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކައުންސިލްގެ ޖަލްސާކުރާ މާލަމް

11 އޮކްޓޯބަރ 2020

އާދީއްތަ

13:00

ބިޑް ހުށަހެޅުން

ކައުންސިލްގެ ޖަލްސާކުރާ މާލަމް

14 އޮކްޓޯބަރ 2020

ބުދަ

13:00

 

      ކޮންމެ ފަރާތަކަށްވެސް މައުލޫމާތު ސާފުކޮށް އަދި ބިޑުހުށަހެޅޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ ކުންފުނި ތަމްޞީލް ކުރާކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

      އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިއެއް ނުވެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

06 އޮކްޓޫބަރު 2020
ހޯދާ