ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެށި ސާފު ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ ޕާކުތައް ކުނިކަހާ ބަލަހައްޓާނެ ފަރާތްތަކާއި އަދި ރުއްތައް ސާފުކުރާނެ ފަރާތްތައް ހޯދުމާއިގުޅޭ

ހުޅުމާލޭގެ ރަށްޔިތުންގެ ފަރާތުން ވެށި ސާފު ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ބަލާ މި ޕްރޮގްރާމްގެ ދެވަނަ ބުރަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. އެހެންނަމަވެސް، ފުރަތަމަ ބުރުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކުން އިތުރަށް ނަންނޯޓް ކުރަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

މި ޕްރޮގްރާމަކީ ހުޅުމާލޭގެ ޕާކުތައް އަދި ރުއްތައް ސާފުކޮށް ބެލެހެއްޓުމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށާއި، ހުޅުމާލެއަކީ ސާފު ސިޓީއަކަށް ހެދުމުގައި މުޖުތަމައުގެ ޒިންމާއާއިމެދު ހޭލުންތެރިކަން އިތުރުކުރުމަށާއި މުޖުތަމައުގެ ފަރުދުންގެ ފުދުންތެރިކަން އިތުރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މަސައްކަތް ހަވާލުކުރެވޭ މުއްދަތު: 1 އަހަރު

މި މަސައްކަތަށް އަންހެން އަދި ފިރިހެން ބޭފުޅުންނަށްވެސް ކުރިމަތިލެއްވޭނެ.

ޝަރުތު:

  • ދިވެއްސަކު ކަމުގައިވުން.
  • ހުޅުމާލޭގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން.
  • އުމުރުން 18 އަހަރު ފުރިފައިވުން.
  • މި މަސައްކަތްކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން.

ހަވާލުކުރެވޭނެ މަސައްކަތުގެ ތަފްސީލް.

 ޕާކު ބަލަހައްޓާނެ ފަރާތްތައް  ރުއްތައް ސާފު ކުރާނެ ފަރާތްތައް
 ބޭނުންވާ އަދަދު: 30  ބޭނުންވާ އަދަދު: 3
 އެމީހަކާއި ހަވާލުކުރެވޭ ޕާކެއް ނުވަތަ ޕާކުގެ ބައި ކޮންމެ ދުވަހެއްގެ ހަވީރު 3:00 ގެ ކުރިން ކުނިކަހާ ސާފުކުރުން.  ހުޅުމާލޭގައި ހުރި ރުއްތައް ސާފުކޮށް ބެލެހެއްޓުން.
 ޕާކުތެރޭގައި ހެދިފައި ހުންނަ ވިނަތައް އުފުރާ ސާފުކުރުން.  
 ޕާކުތެރޭގައި ހައްދާފައި ހުންނަ ގަސްތަކަށް ފެންޖެހުން.  
 ޕާކުންނަގާ ކުނި ކަނޑައެޅިފައިވާ ތަނަކަށް ޖަމާކޮށް ސުޕަވައިޒަރަށް އެންގުން.  

އިތުރު މައުލޫމާތު:

  • މި މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި މަހަކު 4،800 ރުފިޔާ ދެވޭނެ.
  • މަސައްކަތްކުރުމަށް ބޭނުންވާ ތަކެތި މި ކޯޕަރޭޝަނުން ފޯރުކޮށްދެވޭނެ.
  • މަސައްކަތްކުރުމަށް ވަކި ގަޑިއެއް ހަމަޖެހިފައެއްނުވޭ. އެމީހަކަށް ފަސޭހަ ގަޑިއެއްގައި މަސައްކަތް ކުރެވިދާނެ.
  • ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވެ ސޮއެ ކުރާކަން ނުޖެހޭނެ.
  • މި މަސައްކަތަށް ނަގާ ފަރާތްތަކަކީ މުވައްޒަފުންކަމުގައި ނުބެލެވޭނެ.
  • ކޮންމެ ދުވަހަކުވެސް، މި ކޯޕަރޭޝަނުގެ ސުޕަވައިޒަރުން އެމީހަކާއި ހަވާލު ކޮށްފައިވާ މަސައްކަތް ބަރާބަރަށް ކުރަމުންގެންދޭތޯ ބަލާ ޗެކްކުރާނެ.
  • މި މަސައްކަތަށް މީހުން ނެގުމުގައި އެސަރަހައްދެއްގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަސައްކަތްކުރުމަށް ޝައުގުވެރިވާނަމަ:

  1. ރަސްމީ މަސައްކަތު ދުވަސްތަކުގެ ހެނދުނު 10:00އިން 12:00 އާއިދެމެދު 7253969 އަށް ގުޅުއްވާ ނުވަތަ އެސްއެމްއެސް/ވައިބަރ މެސެޖު ކުރައްވާ ނަން ނޯޓްކުރެއްވުން އެދެމެވެ. ނަން ނޯޓުކުރުން ކުރިއަށްދާނީ 12 އޮކުޓޫބަރު 2020ގެ ނިޔަލަށް.
  2. ނަންނޯޓު ކުރައްވާއިރު ނަމާއި، އެޑްރެހާއި، އައިޑީކާޑު ނަންބަރު، އުފަން ތާރީހު، ޝައުގުވެރިވާ މަސައްކަތް، އަދި ގުޅޭނެ ފޯނު ނަންބަރު ދެއްވަންވާނެ. މި މަޢުލޫމާތު ފުރިހަމަނުވާނަމަ ނަންނޯޓް ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

06 އޮކްޓޫބަރު 2020
ހޯދާ